ރައީސް ޑރ. މުޙައްމު މުޢިއްޒު ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ސަލާމު ކުރައްވަނީ -- ވޮއިސް ފޮޓޯ
ހަބަރު
27 Oct 2025 | 16:20
ކައުންސިލްތަކުގެ މުވައްޒިފުންގެ މުސާރަ ބޮޑުކުރާނީ އެއްވަނަ ގިންތީގައި: ރައީސް

މި އަންނަ މަހު ރާއްޖޭގެ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުވާއިރު، ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޅ. ކުރެންދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ސިވިލް ސާރވިސް މުވައްޒަފުންނާއި އެއްގިންތިއަކަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންވެސް ގިންތިކުރައްވާނެ ކަމަށާއި، ކައުންސިލުތަކަކީ މިހާތަނަށް އައިއިރުވެސް ވަރަށް ދަށް ގްރޭޑަކުން ގިންތިކުރެވިފައިވާ އިދާރާތަކެއްކަމަށެެވެ.

އެގޮތުން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކުރައްވައި ރައީސް ވިދާޅުވީ،  ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ ގްރޭޑު، ހަތަރަކުން ތިނަކަށް ގެންދިއުމަށް ކުރިން ވާހަކަދެކެވިފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހު ސިވިލް ސާވިސްގެ މުވައްޒަފުންނާއި އެކު ޕޭ ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވާއިރު ކައުންސިލް މުވައްޒަފުންގެ ވެސް ޕޭ ހާމަނައިޒްކޮށް މުސާރަ ބޮޑު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ނިންމާފައި މިއޮތީ ނޮވެމްބަރ 1 އިން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރެވި މުސާރަ ބޮޑުވާއިރު ކައުންސިލް މުވައްޒަފުންގެވެސް ޕޭ ހާމަނައިޒްވާއިރު ރާއްޖޭގެ ހުރިހައި ސިވިލް ސަރވިސް މުވައްޒަފުންނާއި އެއް ގިންތިއަކަށް 4 އިން 3 އަކަށް ނޫން. 4 އަކުން އެއްވަނަ ގިންތިއަށް ހުރިހައި ކައުންސިލްގެ އިދާރީ މުވައްޒަފުންވެސް މަތިކޮށްލަދޭނަން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ވަރަށް ބޮޑަށް އިސްކަންދޭ އަދި އެކަމަކަށް ވަރަށް ބޮޑަށް އެއްބާރުލުންދީ ކުރިއަރުވަން މަސައްކަތް ކުރައްވާ ނިޒާމެއް ކަމަށެވެ.

އަދި ޕޭ ހާމަނައިޒް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ބާކީހުރި ދައުލަތުގެ މުވައްސަސާތައް މިއަންނަ އަހަރު ޕޭ ހާމަނައިޒް ކުރެވޭނެކަމަށާއި، ސަރުކާރުން މިކަން މިގޮތަށް ތަރުތީބުކޮށްގެން ކުރިއަށްގެންދަނީ ރައްޔިތުންގެ އާމްދަނީ މަތިކޮށްދިނުމުގެ ބޭނުމުގައިކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުވެ ތިބި މީހުންގެ މުސާރަ އަންނަ ނޮވެމްބަރު 1 އިން ފެށިގެން ބޮޑުކުރަން ނިންމައިފައިވާކަން ރައީސް ހާމަކުރެއްވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.  

އެގޮތުން އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ކުރިއަށް އޮތް ނޮވެމްބަރު 1 ގައި ހާމަނައިޒްކޮށް، މުސާރަ ބޮޑުވާނެ ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒް ނުކުރާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލުގެނެސް އެއްހަމަ ކުރުން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ހިމަނައިފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.