ރައީސް ޑރ. މުޙައްމަދު މުޢިއްޒު ---
ހަބަރު
28 Oct 2025 | 10:09
އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދޭނީ ސިއްޚީ ދާއިރާ ކުރިއެރުވުމަށް: ރައީސް

އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދެއްވާނީ ޞިއްޙީ ދާއިރާއަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ޅ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނައިފަރަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ނުވަތަ ޕްރިވެންޓިވް ކެއަރ އަދި ބަލިޖެހޭ ހިސާބުން ދެވޭ ފަރުވާގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް 2026 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނުއްވާފައިވާނެ ކަމަށާއި، އެގޮތުން ރައްޔިތުންނަކީ ރައްކާތެރި ޞިއްޙަތެއް ލިބިގެންވާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ވެސް މި ސަރުކާރުން ދުންފަތުން ރައްޔިތުން ދުރުކުރުމަށް ކުރާ މަސައްކަތަށް އަލިއަޅުއްވާލަމުން ރައީސް ވަނީ، ދޮށީ އުމުރުގެ މީހުންނަށް ޤާނޫނުން ދުންފަތް މަނާ ނުކުރިނަމަވެސް އެކަމަށް ހުރަސްތަކެއް ސަރުކާރުން ކުރިމަތިކޮށްފައިވާކަމަށާއި، އެކަމުގެ ހެޔޮ ބަދަލު ފެންނަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.އަދި ހަމައެގޮތަށް ވޭޕް މަނާކުރުމަކީވެސް ޕްރިވެންޓިވް ހެލްތުކެއަރގެ އެންމެ މުހިންމު އެއް ޕްރޮގްރާމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ނުޤަވައިދުން ކުރެވޭ ދުންފަތުގެ ވިޔަފާރިއާއި އެފަދަ ކަންކަމުގައި ޝާމިލު ނުވުމަށް ވެސް ރައީސް ވަނީ އެދިވަޑައިގަންނަވައިފައެވެ. 

އެއާއެކު ރައީސް ވަނީ ގެ ސިއްޚީ ދާއިރާ ތަރައްޤީކުރަނީ ވަށާޖެހޭ ގޮތަށްކަމަށާއި، ސަރުކާރުން ކުރާ އިންވެސްޓްމެންޓުގެ އެންމެ ބޮޑު ބޭނުމަކީވެސް ބޮޑެތި ޚަރުދުތައްކޮށް ސިއްޚީ ފަރުވާއަށް ބޭރަށް ދާންޖެހޭ ޖެހުން މަދުކުރުންކަމުގައި ފާހަގަކުރައްވާފައެވެ.

މިއަންނަ އަހަރު މިދެންނިވިހެން ރާއްޖެއިން ބޭރަށް އާސަންދައިން އަދި އެހެނިހެން ގޮތްގޮތުން ޚަރަދުކޮށްގެން ވަރަށް ދަތި ހާލުގައި މި ބޭރަށް ދާން ޖެހޭ ދިއުން މަދުކޮށް ރާއްޖޭގައި، މާލެ އަތޮޅުތަކުގައި ހޮސްޕިޓަލްތަކުގައި ތިބެގެން އެންމެ މަތީ ފެންވަރުގެ ޚިދުމަތް ލިބޭ ގޮތް ޤާއިމްުކުރުމަކީ އަޅުގަނޑު ހިތުން ރައްޔިތުންނަށްޓަކައި ސަރުކާރަކުން ކޮންމެހެން ކުރަންޖެހޭ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އަދި ރައީސް ވަނީ ރަށްރަށުގައި ފަށާ ޢުމްރާނީ ތަރައްޤީގެ މަސައްކަތަކަކީ އަތުން ހިފޭ، އަދި ފެންނަން ހުންނަ ތަރައްޤީގެ މަޝްރޫޢުތަކަށްވާއިރު، ސިއްޙީ ދާއިރާއަށް ސަރުކާރުން ކުރެވޭ އިންވެސްޓްމެންޓަކީ ރައްޔިތުންނަށް އޭގެ ފައިދާ އިޙްސާސް ކުރެވޭނެ ކުރިއެރުންތަކަކަށް ވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ މި އަންނަ އަހަރުގެ ބަޖެޓު އޮންނަން ވާ ގޮތް، ވަޒީރުންގެ މަޖިލީހުން ނިންމައިފައިވާއިރު، ދެވަނަ އަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއަށް ކަމުގައި ވެސް ފާހަގަކުރައްވާފައެވެ. . އަދި މިއީ އިޤްތިޞާދީ ގޮތުން އަދި އިޖްތިމާޢި ގޮތުންވެސް ޤައުމަށް ކުރިއެރުވުން ހޯދުމަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.