އިގްތިސާދީ ތަރައްގީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދުގެ މަޖިލީހުގައި -- ފޮޓޯ: މަޖިލިސް
ހަބަރު
28 Oct 2025 | 11:38
ކޮވިޑާ ގުޅިގެން 8 ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދުކުރީ 4 ބިލިއަން، ފައިސާ ޗާޕުކުރި ސަބަބެއް ނުވިސްނޭ: ސައީދު

ކޮވިޑް-19ގެ ދުވަސްވަރު ކޮވިޑުގެ ނަމުގައި ދައުލަތަށް 8.7 ބިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ތެރެއިން ޚަރަދުކުރީ 4.2 ބިލިއަން ރުފިޔާއަށްވާއިރު، ލިބުނު ފައިސާ ޚަރަދުކުރީ ކޮން ކަމަކުތޯ އިގްތިސާދީ ތަރައްގީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ސުވާލު އުފައްދަވައިފިއެވެ.

ވަޒީރު އެފަދައިން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. މެންބަރު ޝަމްހީދު ވަނީ މި ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭކަމަށް ބުނެ ވަޒީރާ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން ފައިސާ ޗާޕެއް ނުކުރާނެ ކަމަށެވެ. އެއާއެކު ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގެ ވާހަކަތައް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ނިމުނުއިރު ވާރުތަވި ދަރަންޏާއި ހިންގުމުގެ ޚަރަދު ކަމަށާއި، އާމްދަނީއެއް ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. 

އިއްޒަތްތެރި މެންބަރު މި ސަރުކާރުން ފައިސާ ޗާޕެއް ނުކުރާނެ އިނގޭތޯ. އިއްޒަތްތެރި މެންބަރުގެ މައުލޫމާތަށްޓަކައި އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑުމެންނާއި ވާރުތަވިއިރު ތިޔަބޭފުޅުން ވިދާޅުވާ ނިންމާލާފައި ދިޔަ ސަރުކާރުން 125.2 ބިލިއަން ރުފިޔާގެ ދަރަންޏެއް، މި ވާރުތަވެގެން އައީ. 125.2 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދިއިރު، އިއްޒަތްތެރި ރައީސް އާމްދަނީއެއް ލިބޭނެ ބައި ސެންޓުވެސް ނެތް. ބައި ރުފިޔާއެއް ވެސް ނެތް އާމްދަނީއެއް ލިބޭނެ ކަމެއް ކޮށްފައި. ބައި ރުފިޔާ ވެސް ނެތް. ހުސް ރިކަރަންޓް އެކްސްޕެންސް. 

 އިގްތިސާދީ ތަރައްގީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

އެއާއެކު ވަޒީރު ވަނީ އޭރު ކޮވިޑުގެ ނަން ބޭނުންކޮށްގެން ޚަރަދަށް ޒިންމާ ވުމުގެ ޤާނޫނު ތަޅުއެޅުވުމަށްފަހު ފައިސާ ޗާޕުކުރިކަން ފާހަގަކުރައްވާފައެވެ. އަދި ކޮވިޑުގެ ނަމުގައި އޭރު ދައުލަތަށް 8.7 ބިލިއަން ރުފިޔާ ލިބުނުއިރު، އޭގެން ޚަރަދުކޮށްފައިވަނީ 4.2 ބިލިއަން ރުފިޔާއަށްވާއިރު، އެ ފައިސާ ޗާޕުކުރީ ކޮން ބޭނުމެއްގައިތޯ ވަޒީރު ވަނީ ސުވާލުއުފައްދަވާފައެވެ.

އެގޮތުން ދިވެހި ރުފިޔާ ނިކަމެތިވީ އެ ދުވަހު އެ ފައިސާ ޗާޕުކުރުމުން ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

އެންމެ ބޮޑަށް އައީ ކޮވިޑުގެ ނަން. ކޮވިޑުގެ ނަން އައިއިރުގައި އަޅުގަނޑުމެންނަށް ފެންނަން ހުރި ބައެއް ހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑުގެ ނަމުގައި ލިބިފައި ހުރި ފައިސާގެ އެބައުޅޭ 8.7 ބިލިއަން ރުފިޔާ. މިއީ ބައެއް މައުލޫމާތު އިނގޭތޯ. ކޮވިޑަށް ޚަރަދުކޮށްފައިއިނީ 4.2 ބިލިއަން ރުފިޔާ. ދެން ކޮންކަމަކާތޯ ފައިސާ ޗާޕުކުރީ. އަޅުގަނޑުމެން އޭރުވެސް ދެންނެވިން މިތާ އެބަތިއްބެވި އިއްޒަތްތެރި ބައެއް މެންބަރުން، ހެޔޮނުވާނޭ ޤާނޫނު ތަޅުލާފައި ތި ގޮތަށް ތިކަން ނުކުރާށޭ. ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ތަޅުލާފައި. މިއަދު އެކަން ކުރީމައި ނޫންތޯ ދިވެހި ރުފިޔާ ނިކަމެތިވެގެން މި އުޅެނީ. 

 އިގްތިސާދީ ތަރައްގީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު

ވަޒީރު އެފަދައިން ވިދާޅުވިއިރު، ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭއިން ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކާކަމަށް ބުނެ ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ. އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީ، އެމްއެމްއޭ އަދި ޕެންޝަން އޮފީހުން ވެސް ރަސްމީ އެއްޗެއް ބުނެފައެއް ނުވެއެވެ.

އެހެން ނަމަވެސް އެކަމަކީ ފައިސާ ޗާޕުކުރުން ކަމުގައި ފާހަގަކޮށް، އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި މަޖިލިސް މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އަދި އެކަމުގެ ތެރެއިން އެ މުއާމަލާތަކީ އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ވެސް ގެއްލުން ބޮޑު މުއާމާލާތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވެ، ޕެންޝަން ބޯޑުގެ މެންބަރުކަމުން މީރާގެ ކުރީގެ ޗެއާމަން ސަރުވަޝް އާދަމް ވަނީ އިސްތިއުފާ ވެސް ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.