އަލްވަދާއު ފިލްމުގެ ޕޯސްޓަރު
ލައިފްސްޓައިލް
28 Oct 2025 | 11:50
ޑާކްރެއިނުން މިއަހަރަށް "އަލްވަދާޢު" ކިޔަންވެސް މި ނިންމީ ހަދިޔާއަކުން

ދިވެހި ފިލްމް އިންޑަސްޓްރީއަށް ބަލާއިރު ފިލްމްު ބަލާ މީހުން މާޔޫސްވިޔަ ނުދޭނޭ އެއްބަޔަކީ ހަމަ ގައިމުވެސް ޑާކްރެއިން އެންޓަރޓައިންމަންޓެވެ. ކޮވިޑާ ގުޅިގެން ދިވެހި ފިލްމީ އިންޑަރސްޓްރީ ހުއްޓުމަކަށް އައި ވަގުތުވެސް ޑާކްރެއިނުން ވަނީ ސަޅި އުފެއްދުންތަކެއް ނެރެފައެވެ.

ޑާކްރެއިނުން މިފަހުން ދިވެހި ސިނަމާއަށް ގެނެސްދިން ފިލްމަކީ "އަލިފާން" އެވެ. މާސްޓާ ޕީސްއެއްގެ ގޮތުގައި ފާހަގަކުރެވުނު މި ފިލްމަށްފަހު މީޑިއާނެޓުން ދައްކަމުންދިޔަ ޑްރާމާ ސިލްސިލާ "މޫސުން" ގެ ވެސް ފަހު އެޕިސޯޑު ވަނީ ދައްކާ ނިމިފައެވެ. އަހަރު ނިމެން ދެމަސް އޮތްނަމަވެސް ޑާކްރެއިނުން އަދި މިވަރަކުން ނިންމައެއް ނުލިއެވެ. އަހަރު ނިންމާލާ ފިލްމެއްގެ ގޮތުގައި ޑާކްރެއިނުން އޮލިމްޕަހަށް ނެރުމަށް ނިންމި ފިލްމް "އަލްވަދާޢު" ގެ ޕޯސްޓަރު ދައްކާލިއިރު، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ އެ ޕޯސްޓަރު ހިތްގައިމުކަމުން އެވާހަކަ ދައްކާފައެވެ.

އޮލިމްޕަހުގައި އަލްވަދާއު ދެއްކުމަށް ޑާކްރެއިނުން ނިންމާފައިވަނީ ޑިސެމްބަރުމަހުގެ އެއްވަނަ ދުވަހުއެވެ. ޑާކް ރެއިނުން ވަނީ އަލްވަދާއުގެ ޕްރިމިއާ ނައިޓަށް 10 މީހަކަށް ފުރުސަތު ދީފައެވެ. އެ ފުރުސަތު ދީފައިވަނީ އަލިފާނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބެލުންތެރިންނަށް ޑާކްރެއިނުން ދިން ހަދިޔާއެއްގެ ގޮތުގައެވެ.

"އަލްވަދާއު"  މި ފިލްމުގެ ސްކްރީން ޕްލޭ ގެނެސްދީފައިވަނީ ޝަހުދާ މަހްމޫދެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ފިލްމްގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޝަރަފުއްދީން (ޝަރަފް) އެވެ. އަދި ހަމަ އެހެންމެ މި ފިލްމުން ތަޖުރިބާކާރު އެކްޓަރު މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) އާއި، އަލިފާނުން މުޅިން ތަފާތު ގޮތަކަށް ފެނިގެންދިޔަ ޝީލާ ނަޖީބް ވެސް ފެނިގެންދާނޭކަމަށް ޑާކްރެއިނުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.