އެމްޑީޕީން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއް --
ހަބަރު
29 Oct 2025 | 23:29
ގަވާއިދެއް ހަދައިގެން، ވަކި ބަޔަކަށް ނުއަގުގައި ޕްރޮޖެކްޓްތައް ދިނުމަށް ދަނީ މަސައްކަތް ކުރަމުން: އެމްޑީޕީ

ގަވާއިދެއް ހަދައިގެން، ވަކި ބަޔަކަށް ނުއަގުގައި ޕްރޮޖެކްޓްތައް ދިނުމަށް މަސައްކަތް ކުރަމުންދާ ކަަމަށް އިދިކޮޅު މައި ޕާޓީ -- އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އަމަލުކުރަމުން އައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަކީ ޒަމާނީ ޕަބްލިކް ފައިނޭންސް ނިޒާމެއް ހިންގުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާއެއްގެ ލަފާއާއެކު އެކުލަވައިލައިފައިވާ ގަވާއިދެއް ކަމަށާ އެހެންނަމަވެސް، މި ސަރުކާރުން ކަރަޕްޝަނަށް މަގުފަހިކުރުމުގެ ގޮތުން، ދައުލަތުގެ އެންމެހާ ޕްރޮކިއުމަންޓެއް އިއުލާން ކުރުމެއްނެތި އަދި ބިޑްކުރުމުގެ އެއްވެސް އިޖުރާއަތެއް ފުރިހަމަ ކުރުމަކާ ނުލައި، ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ބޭނުން ފަރާތަކަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ހަވާލުކުރެވޭ ގޮތަށް ވަނީ ގަވާއިދަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން، "ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް" ގެ ގޮތުގައި ކަނޑައަޅާ ކޮންމެ މަޝްރޫއަކީ އެ ކޮމިޓީއިން ބޭނުންވާ ކޮންމެ ފަރާތަކަށް "ސިންގަލް ސޯސް ޕްރޮކިއުމަންޓް" ގެ އުސޫލުން ހަވާލުކުރެވޭނެ މަޝްރޫއުއެއް ކަމަށް ބުންޏެވެ. އަދި މިއީ ފާއިތުވީ އަހަރުތެރޭ މި ގަވާއިދަށް ގެނެވުނު އެތަކެއް ބަދަލުތަކުގެ ތެރެއިން އެންމެ ނުރަގަނޅު ބަދަލު ކަމަށާ މި ފަދަ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން އަދި އިންވެސްޓަރުންނަށް މުޅި ދިވެހިރާއްޖޭގެ މާލީ ނިޒާމާމެދު އޮންނަ އިތުބާރު އެއްކޮށް ގެއްލިފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ.

މި ފަދަ ކަންކަން ބަލައި، ޖަވާބުދާރީ ކުރުމަށް ކަނޑައަޅައިފައިވާ، މަރުކަޒީ ބޭންކާއި އޮޑިޓާ ޖެނެރަލް އޮފީސް ފަދަ މުއައްސަސާތައް ސިޔާސީކޮށް، ސަރުކާރުގެ ސީދާ ބާރުގެ ދަށަށް ގެންގޮސްފައި އޮތް މިފަދަ ދަނޑިވަޅެއްގައި، މުޅި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ސީދާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ނަގައި، ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބަދަލުކުރުމަކީ ސަރުކާރުގެ ހުދުމަތާރުކަމަށް އިތުރުވާ ބޮޅެއް ކަަމަށާ އަދި މިއީ ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ މިނިވަންކަމާއި، ދެފުށް ފެންނަގޮތަށް އަދި ދައުލަތަށް އެންމެ ފައިދާ ވާނެގޮތަށް ގެންދިއުމަށް ހުރަސް އެޅި، ރައްޔިތުންނާއި، ދައުލަތުގެ ފައިސާއާއި މުދަލަށް ނުރައްކާ ބޮޑު ކަންކަން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ޖާގަ މިކަމުން ހުޅުވިގެންދާނެ ކަމެއްް ކަމަށް ބުނެފައިވެ އެވެ.

"...ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެވިފައިވާ އެންމެހާ ބަދަލެއް ގެނެސްފައިވަނީ ދައުލަތުގެ ޕްރޮކިއުމަންޓްގެ ތެރެއިން ބޭނުން މަޝްރޫއެއް ބޭނުން ފަރާތަކަށް ބޭނުން އަގެއްގައި ހަވާލުކުރުމަށް މަގުފަހި ކުރުމަށެވެ,"

އަދިވެސް ބުނެފައިވެ އެވެ.

"އެމްޑީޕީގެ ދެން އުފެދޭ ސަރުކާރެއްގައި، މިފަދައިން ހަދާފައިވާ އެންމެހައިއެއްބަސްވުންތަކުގެ މައްސަލަތައް ބަލާނެކަމަށް ދަންނަވަމެވެ. ހަމަ އެގޮތުން، މި ފަދަބަދަލުތަށް ގެނައުމުގައި އަދި ތަންފީޒުކުރުމުގައި ބައިވެރިވާ ފަރާތްތަކުގެ މައްސަލަބަލައި، ޤާނޫނީ ފިޔަވަޅު އަޅާނަމެވެ,"

ހަމަހަމަ، ދެފުށްފެންނަ، އަދި ވާދަވެރި ޕްރޮކިއުމަންޓް ނިޒާމެއްގެ އެންމެ އަސާސީ ބޭނުމަކީ ޖަވާބުދާރީ ކުރެވޭ، ރައްޔިތުންގެ އިތުބާރު އޮތް މާލީ ނިޒާމެއް އުފެއްދުމެެއް ކަމަށާ ނަމަވެސް މި ސަރުކާރުން ރޭވިގެން ހިންގޭ އެންމެ ބޮޑު މަޝްރޫއަކީ އެ ނިޒާމު ބަލިކަށިކޮށް، ފުނޑާލައި، ދިވެހިރައްޔިތުންގެ މާލިއްޔާ ވެރިމީހާގެ ބާރުގެ ދަށަށް ގެންދިއުން ކަމުގައި ބުނެފައިވެ އެވެ. އެހެންކަމުން މިފަދަ ނޭއްގާނީ ކަންކަމުން ދުރުވެ، މިކަންކަން ހުއްޓާލައި، ގާނޫނުއަސާސީއާއި ގާނޫނުތަކާއި އިންޓާނޭޝަނަލް ބެސްޓް ޕްރެކްޓިސަށް ރުޖޫއަވުމަށް ވަނީ ގޮވައިލާފަ އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް މި ސަރުކާރުން ގެނެސްފައިވާ ހަތަރު ބަދަލުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ބޮޑެތި ކޮރަޕްޝަން ހިންގުމަށް ދޮރު ހުޅުވިފައިވާތީ، ނުހަނު ކަންބޮޑުވުން ފާޅުކޮށް، ހަމަހަމަ، ދެފުށްފެންނަ، އަދި ވާދަވެރި ޕްރޮކިއުމަންޓް ނިޒާމު ފުނޑާލުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

ކޮމެންޓް
ޖައްބާރު
އުދުޅިއޮންނަ ބަޔަކަށް އަޅަނަވާތަށި އެގޭނީދޯ ކަލޭމްނަ ެަތުގަ ެުދުޅިއޮތްއިރި ޕްރޮޖެޓްތަކާ ފައިސާބެހީ ކަލޭމެންގެ އެކިވެރިންނާ ރައްޓެހިންނަށްކަން ހަދާކޮއްލާ
30 Oct 2025
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.