ފޯޅަވަހި ކައިރީ ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނުތައް.. ފޮޓޯ: އިންޑިއަން ނިއުސް
ދުނިޔެ
30 Oct 2025 | 10:14
އެމެރިކާއާއި އިންޑިއާ ގުޅިގެން ފޯޅަވަހީގައި އަސްކަރީ ތަމްރީނުތަކެއް ހަދައިފި

އެމެރިކާއާއި އިންޑިއާ ގުޅިގެން ފޯޅަވަހި ކައިރީގައި އަސްކަރީ ތަމްރީނުތަކެއް ހަދައިފިއެވެ.

އިންޑިއާގެ ނޫސްތައް ބުނާ ގޮތުން މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދިޔައީ ދުޝްމަނުންގެ ސަބްމެރިންތަކާ ދެކޮޅަށް ހަމަލާދިނުމާއި ގުޅޭ ފަރިތަކުރުންތަކެކެވެ. އިންޑިއާ އާއި އެމެރިކާގެ ކަނޑުގެ ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ މި ތަމްރީނުތަކުގައި އެމެރިކާ ނޭވީގެ ޕީ-8އޭ ޕޮސައިޑަން މަރުކާގެ މަތިންދާބޯޓާއި އިންޑިއާ ނޭވީގެ ޕީ-8އައި މަތިންދާބޯޓު ބޭނުންކުރިކަމަށްވެއެވެ.

ވައިގެ މަގުންނާއި ކަނޑުމަގުން ސަބްމެރިންނަށް ހަމަލާދޭނެ ގޮތުގެ ތަމްރީނުތަކެއް މި ދެގައުމު ގުޅިގެން ހެދިއިރު، ދާދިފަހުން ދެގައުމު ގުޅިގެން ވަނީ އިލެކްޓްރޯނިކް ވޯފެއަރ އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހަމަލާދިނުމާއި ގުޅޭ ތަމްރީނުތަކެއްވެސް ހަދާފައެވެ.

އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަކުރުމަށް އެގައުމުން މަސައްކަތްކުރަމުންދާއިރު، އެކަން ވިޔަ ނުދިނުމަށް އިންޑިއާއާއި އެމެރިކާ އަދި އެދެގައުމާއި ބައިވެރިވާ އެހެން ގައުމުތަކުން ދަނީ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތްތަކުގެ ތެރޭގައި މިފަދަ ތަމްރީނުތައް ހެދުމަކީ ފަހަކަށް އައިސް އާއްމު ކަމަކަށް ވަނީ ވެފައެވެ.

ފޯޅަވަހި ކައިރީ  އެމެރިކާ އާއި އިންޑިއާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދިޔައިރު، ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރިއްޔާގެ ބޭހެއް ގާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް