ކުއްޖަކު ޕާކެއްގައި ދުވެލަނީ... ފޮޓޯ: ވޮއިސް
ރިޕޯޓް
05 Nov 2025 | 10:01
އަނިޔާއިން ކުދިން ރައްކާތެރި ކުރާނީ ކިހިނެތް؟

ކުދިންނަށް އުފާވެރި ކުރިމަގެއް ހޯދައިދިނުމަށްޓަކައި އަނިޔާއިން އެކުދިން ރައްކާތެރިކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ކުދިން އަނިޔާއިން ރައްކާތެރިކުރެވޭނީ އެކަން ކުރާނެ ގޮތް ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް އެނގިގެންނެވެ. ކުދިންނަށް ކުރިމަތިވެދާނެ އަނިޔާގެ ބާވަތްތަކާއި، އަނިޔާ ކުރިމަތިވެދާނެ ގޮތްތަކާއި، ކުއްޖަކަށް އަނިޔާއެއް ލިބިފައިވާނަމަ އެކަން ދެނެގަންނާނެ ގޮތާއި، ކުއްޖަކަށް އަނިޔާއެއް ލިބުމުން ދެން ކަންކުރަންވީ ގޮތްވެސް އެނގިގެންނެވެ.

ކުދިން އެންމެ ގިނަ ވަގުތު ހޭދަކުރާ ތަނަކީ އެކުދިން ދިރިއުޅޭ ގެ ކަމަށް ވުމާއެކު އެންމެ ފުރަތަމަ ސަމާލުވާންޖެހޭނީ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުމަށެވެ. މިކަން ހާސިލްކުރުމަށްޓަކައި ކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަކީ އަނިޔާއާ ދުރު ބަޔަކަށް ވާންޖެހެއެވެ. މަޑުމައިތިރިކަމާއި، އޯގާތެރިކަމާއެކު ކުދިންނާ މުއާމަލާތުކުރާ ބަޔަކަށް ވާންޖެހެއެވެ. ކުދިންގެ ފަރާތުން ފެންނަން ނޭދޭ ކަންކަން އެކުދިންގެ ފަރާތުން ފެންނަ ދަނޑިވަޅުތަކުގައިވެސް ރުޅިވެރިކަން އެއްފަރާތްކޮށް ކެތްތެރިކަމާއެކު އެކަންކަމަށް އިޖާބަދޭން އެނގޭ ބަޔަކަށް ވާންޖެހެއެވެ.

މައިންބަފައިންނާ ކުދިންނާ ރަނގަޅު ގުޅުމެއް އޮތުމަކީ ގޭތެރެއިން ކުދިންނަށް ކުރިމަތިވެދާނެ އަނިޔާއިން އެކުދިންނަށް ރައްކާތެރިކަން ލިބުމަށް މަގުފަހިވާ ކަމަކަށް ވާފަދައިން އެއީ ގެއިން ބޭރުން ކުދިންނަށް ލިބިދާނެ އަނިޔާއަކުން ރައްކާތެރިވުމަށްވެސް ލިބޭ ބާރަކަށްވެއެވެ. ކުދިންނާ މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ރަނގަޅު ނަމަ އަނިޔާއިން ރައްކާތެރިވާނެ ގޮތްތައް މައިންބަފައިންގެ ފަރާތުން ކުދިންނަށް އެނގެން މަގުފަހިވެއެވެ. އަދި މީގެ އިތުރުން ކުއްޖަކަށް އަނިޔާގެ ހާލަތެއް ކުރިމަތިވާ ހިނދު އެކަން ކުދިންގެ ފަރާތުން އެކުދިންގެ މައިންބަފައިންނަށް އެނގުމުގެ ފުރުސަތުވެސް ބޮޑުވާނެއެވެ.

ކުޑަކުދިންނަށް އެންމެ ގިނައިން ކުރިމަތިވާ އެއް ބާވަތުގެ އަނިޔާގެ ގޮތުގައި ތަފާސް ހިސާބުތަކުން ދައްކާ ޖިންސީ އަނިޔާއާ ގުޅުވައިގެން މިސާލެއް ނަގާނަމެވެ. ޖިންސީ އަނިޔާގެ ޝިކާރައަކަށް ވަރަށް ތުއްތު ކުދިންވެސް ވެއެވެ. ކޮންމެ ފަހަރަކު ޖިންސީ އަނިޔާގެ ޝިކާރައަކަށް ކުދިން ވަނީ ގެއިން ބޭރުގައި ވަނިކޮށެއް ވެސް ނޫނެވެ. ގޭތެރޭގައި އުޅޭ އަދި ކުއްޖާއާ ގާތް ގުޅުމެއް އޮންނަ މީހުންގެ ފަރާތުން ކުދިންނަށް ކިތަންމެ ފަހަރަކު ޖިންސީ އަނިޔާއާ ކުރިމަތިވެފައި އެބަހުއްޓެވެ. އިންޓަނެޓް މެދުވެރިކޮށް މާ ދުރުގަ ހުންނަ މީހަކު ކުއްޖާ ޖިންސީ ޝިކާރައަކަށް އެބަ ހަދައެވެ. މިއީ ހައްތަހާވެސް ކުދިންގެ މައިންބަފައިންނަށް އެނގުން މުހިންމު ކަންކަމެވެ.

މިފާހަގަކުރި ކަންކަމާ މެދު މައިންބަފައިން ހޭލުންތެރިވުމުގެ އިތުރުން މިފަދަ އަނިޔާއަކުން ކުދިން އަމިއްލައަށް ރައްކާތެރިވުމަށްޓަކައި ކުރެވޭނެ ކަންކަން ކުދިންނަށް ބުނެދޭން ޖެހެއެވެ. ކުދިންގެ އުމުރާ ގުޅޭގޮތުން އެކުދިންނަށް ފަސޭހައިން ނަގައިގަނެވޭނެ ބަސްތައް ބޭނުންކޮށްގެންނެވެ. ކުދިންނަށް އެފަދަ އަނިޔާއެއް ކުރިމަތިވުމުން ލަސްނުކޮށް މައިންބަފައިގާތު ބުނަން ހިތްވަރު ދޭންވެސް ވާނެއެވެ. އަދި އެފަދަ ކަމެއްގެ ވާހަކަ ކުއްޖަކު ބުނެފިނަމަ މައިންބަފައިން އެކަމަށް އިޖާބަދީ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ލަސްނުކޮށް ފިޔަވަޅު އަޅަންވާނެއެވެ.

އިންޓަނެޓްގެ ޒަރިއްޔާއިން ކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތަކަކީ މައިންބަފައިން މިއަދު އެންމެ ބޮޑަށް ސަމާލުވާންވީ އެއް ދާއިރާއެވެ. ކުދިން ގޭގައި ތިބުމުން އެކުދިންގެ ރައްކާތެރިކަން ކަށަވަރުވީ ކަމަށް ކުރިން ބެލެވުނަސް މިހާރު ކަން އޮތީ އެހެންނެއް ނޫންކަން މައިންބަފައިން މިއަދު ގަބޫލުކުރަން ޖެހެއެވެ. އިންޓަނެޓާ ގުޅިފައި ހުންނަ ފޯނު ނުވަތަ ޓެބްލެޓް ބޭނުންކުރަން ކޮޓަރީގައި އިންނަ ކުއްޖާ އެއިންނަނީ މުޅި ދުނިޔެއާ ގުޅިފައިކަން މައިންބަފައިން މިއަދު ދަންނަންޖެހެއެވެ. އެކުދިން ވާހަކަ ދައްކަނީ ކޮން ބަޔަކާތޯ ބަލަންޖެހެއެވެ. އެކުދިން އިންޓަނެޓް މެދުވެރިކޮށް ބަލަނީ ކޮން އެއްޗެއްތޯ ޔަގީންކުރަންޖެހެއެވެ. މިކަން ކުރެވޭނެ ގޮތްތައް އެބަހުއްޓެވެ. ކޮންމެފަހަރަކު ކުއްޖާ ގެންގުޅޭ ޑިވައިސް އަތުނުލާވެސް ކުއްޖާ އެއިން ކުރާ މުއާމަލާތުތައް ދެނެގަންނަން ބޭނުންކުރެވޭނެ ކިތަންމެ ވަސީލަތެއްވެސް އެބަހުއްޓެވެ. ކުރަންވީ ކަމަކީ މިކަންކަން ދެނެގަނެ އެކަންކަމާ މެދު ހޭލުންތެރިވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.