ފުވައްމުލައް ސިޓީ... ފޮޓޯ: ޓްރިޕް އެޑްވައިޒަރ
ހަބަރު
05 Nov 2025 | 11:53
މިވަގުތަށް އެންމެ މުހިންމީ ބަނދަރު މައްސަލައަށް ހައްލެއް: ފުވައްމުލައް މޭޔަރު

ފުވައްމުލައް ސިޓީއަށް މިވަގުތަށް އެންމެ މުހިއްމު އެއްކަމަކީ ބަނދަރު މައްސަލައަށް ހައްލެއް ގެނައުންކަމަށް އެ ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވޮއިސްއަށް ދެއްވި ބަސްދީގަތުމެއްގައި މޭޔަރު ރަފީގް ވިދާޅުވީ، އިގްތިސާދީ އަދި އުމްރާނީ ގޮތުން ފުވައްމުލައް ސިޓީ ކުރިއަރައިގެން އަންނައިރު އޮތް އެންމެބޮޑު ދައްޗަކީ އެކަށީގެންވާ ބަނދަރެއް ނެތުމުގެ މައްސަލަކަމަށެވެ.

މޭޔަރު ވިދާޅުވީ ބަނދަރަކީ ފުވައްމުލަކު ތަރައްޤީއާ ގުޅިފައިވާ އެންމެ މުހިންމު ތަން ކަމަށާއި، މަސްވެރިކަމާ، ޓޫރިޒަމާއި އެނޫން ކަންކަމަށް ބެލިނަމަވެސް ބަނދަރުގެ މުހިންމުކަން ބޮޑުކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ ތަރައްޤީއާ ގުޅުންހުރި ކަންކަން ކުރުމުގައި އެސިޓީން އަބަދުވެސް މަރުހަބާ ކިޔާނަން

މޭޔަރު އިސްމާޢީލް ރަފީޤް

ބަނދަރުގެ އިތުރުން ހައުސިން އާއި ހޮސްޕިޓަލް ހިދުމަތާއި ފެނާ ނަރުދަމާގެ ހިދުމަތް ރަނގަޅު ފެންވަރެއްގައި އޮތުމަކީ ފުވައްމުލަކަށް މިހާރުވެސް ބޭނުންވެފައިވާ ހިދުމަތްތައް ކަމަށެވެ.

ރައީސް ޑރ.މުއިއްޒު އިއްޔެ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ އެ ސިޓީގެ ރައްޔިތުން ބޭނުންވާ މުހިންމު ކަންކަން ނިންމަވައިދެއްވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން މި ދައުރުގައި ހައުސިން މަޝްރޫޢު ނިންމަވައިދެއްވާނޭކަމުގެ ޔަގީންކަން ދެއްވިއިރު، ރޭ ވަނީ ފުވައްމުލަކު ސިޓީގައި 500 ހައުސިންގް ޔުނިޓް ތަރައްގީ ކޮށްދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުގެ ތެރެއިން، 75 ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މީގެ އިތުރުން މިހާރު އޮތް ބަނދަރާ ގުޅުވައިގެން އިތުރު ބަނދަރެއް ތަރައްޤީކޮށްދެއްވާނޭކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އައު ބަނދަރު ނިމުމުން ބަނދަރުގެ މައްސަލައަށް ހައްލެއް އަންނާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.