އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން --
ހަބަރު
09 Nov 2025 | 11:11
ޕްރައިވެޓް ކުންފުނިތަކަށް މަޝްރޫއުތައް ދިން މައްސަލައިގައި އެމްޑީޕީން ކޯޓަށް ދަނީ

ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހިންގުމަށް ޕްރައިވެޓް 53 ކުންފުންޏަކާއި އެކު ސަރުކާރުން ހެދި އެއްބަސްވުންތަކާއި ގުޅިގެން އެ މަޝްރޫއުތަކަށް ފައިސާ ދިނުން ހުއްޓުވުމަށް އެމްޑީޕީ އިން ކޯޓަށް ދާން ނިންމައިފިއެވެ.

އެމްޑީޕީން އެފަދައިން ނިންމީ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހޯރަފުށީ ދާއިރާގެ މެންބަރު ހުށަހެޅުއްވި ޤަރާރު ފާސްކޮށްގެންނެވެ.

އެގޮތުން ސަލީމު ހުށަހެޅުއްވި ޤަރާރުގައި ވިދާޅުވީ،  ބިޑަކާއި ނުލާ ވާދަވެރި ފަރާތްތަކަށް ފުރުސަތު ނުލިބޭ ގޮތަށް ސަރުކާރުގެ މަޝްރޫޢުތައް ބަހާލުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ކެބިނެޓުން ބޭނުންވާ ބަޔަކަށް ބޭނުން އަގެއްގައި މަޝްރޫޢުތައް ބަހާލީ މާލިއްޔަތު ޤަވައިދަށް އިސްލާހު ގެނައުމަށް ފަހުގައި ކަމަށެވެ.

އަދި ސަރުކާރުން ހަވާލު ކުރި މަޝްރޫޢުތައް އިއުލާންކޮށްފައި ނުވުމާއި ސަރުކާރާއި ގުޅުން ހުރި ފަރާތްތަކަށް ނިސްބަތްވާ ކުންފުނިތަކަށް ނޫން ބަޔަކަށް ބީލަމުގައި ބައިވެރި ނުވެވުމާއި, ކޮންޓްރެކްޓަރުންގެ ދަފްތަރުގައި ނެތް ކުންފުނިތަކަށް މަޝްރޫޢުތައް ހަވާލުކޮށްފައި ވާތީ އެކަމާއި ގުޅިގެން ކަންބޮޑުވާކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

މަޖިލީހުގެ ކުރީގެ ނައިބު ރައީސް ސަލީމް ރޭގެ ޖަލްސާގައި -- ފޮޓޯ: ސަން 

އުވާލުމުގެ މަރުހަލާގައިވާ ކުންފުނިތަކަށް މަސައްކަތް ހަވާލުކޮށްފައިވާއިރު އެ ކުންފުނިތަކުގެ ފަންނީ، މާލީ އަދި މަސައްކަތުގެ ތަޖުރިބާ އަށް ބަލާފައި ނުވާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

އަދި އެއް ބާވަތެއްގެ ޕްރޮޖެކްޓްތައް އެކި އަގުގައި ދީފައިވާކަމަށާއި، އެހެންކަމަށް ވާއިރު މާލިއްޔަތު ޤަވައިދާ ޚިލާފަށް ޤަވައިދެއް ހަދައިގެން ވަކި ބަޔަކަށް ބޮޑެތި އަގުގައި މަޝްރޫޢުތައް ދިނުމަކީ ޤާނޫނުއަސާސީ އާއި ޚިލާފު ކަމެއް ކަމަށްވެސް އެ ގަރާރުގައި ސަލީމް ހުށަހަޅުއްވައިފައިވެއެވެ.

އެ ނުކުތާތަކާއި ގުޅިގެން 6 ފިޔަވަޅެއް އެޅުމަށް ގަރާރުގައި ސަލީމް ވަނީ ހިމަނުއްވާފައެވެ. އެއީ:

1. ރައީސް މުއިއްޒުގެ އެންގުމަށް ޕްރޮޖެކްޓްތައް ދީފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވާތީ އެ އެއްބަސްވުންތައް ބާތިލް ކުރުމަށް ސަރުކާރާއި އެކަމުގައި ބައިވެރިވާ ކުންފުނިތަކަށް ގޮވާލުން

2. ދައުލަތުގެ މުއައްސަސާތަކުން މި ޖަރީމާ ތަހުގީގުކުރުމަށް ގޮވާލުމުގެ އިތުރުން، އެ މައްސަލަ ތަހުގީގުކުރުމަށް ކަމާއި ބެހޭ އިދާރާތަކަށް އެ ޕާޓީގެ ފަރާތުން ހުށަހެޅުން

3. މާލިއްޔަތު ޤަވާއިދަށް ހުށަހެޅި ބަދަލު ބާތިލްކުރުމަށް އެމްޑީޕީ އިން ކޯޓަށް ހުށަހެޅުން

އެމްޑީޕީގެ ރޭގެ އެއްވުމުގެ ތެރެއިން -- ފޮޓޯ: ސަން

4. ދައުލަތަށް މި މުއާމަލާތުގެ ސަބަބުން ލިބިދާނެ އިއާދަ ނުކުރެވޭ ބޮޑު ގެއްލުމަކަށްޓަކާ މި މަޝްރޫޢުތަކަށް ފައިސާ ދޫކުރުން ހުއްޓުވުމަށް ކޯޓުގައި އަމުރަކަށް އެދުން

5. މި މައްސަލައިގައި މިހާރުން މިހާރަށް ފިޔަވަޅު ނާޅައިފި ނަމަ ދެން އަންނަ އެމްޑީޕީ ސަރުކާރެއްގައި މި މައްސަލަތައް ބަލާ ފިޔަވަޅު އެޅުން

6. މި މައްސަލަތައް ބެލުމަށް އިންކާރު ކުރާ މީހުން ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި މަޤާމުތަކުން ވަކިކޮށް، ރަސްމީ ވާޖިބް އަދާ ނުކުރި މައްސަލަ އާއި ކޮރަޕްޝަން އަށް މަގުފަހިވާ ގޮތަށް އަމަލު ކުރި މައްސަލަ ބަލާ ފިޔަވަޅު އެޅުން

އެމްޑީޕީން އެފަދައިން ނިންމިއިރު، މާލިއްޔަތުގެ ގަވާއިދަށް ގެނައި ބަދަލާއި އެކު، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގުމަށް ޕްރައިވެޓް 53 ކުންފުންޏަކާއި އެކު 206 އެއްބަސްވުންތަކުގައި ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެ ދުވަހު ސަރުކާރުން އެ ކުންފުނިތަކާއި އެކު ސޮއި ކުރި އެއްބަސްވުންތަކުގެ ޖުމްލަ އަގަކީ 2.7 ބިލިއަން ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.
25 Sep 2026
ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ އިން ފެށިގެން ދ އަތޮޅަށެވެ.
25 Sep 2026
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ފަހަތަށް ޖެހުމެއް ނޫން
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ހައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ވިލުންތެރިކަން އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
25 Sep 2026
ޑީއާރް ކޮންގޯގެ ކޯރަކަށް ބޯޓެއް ބަންޑުން ޖަހާލައި 41 މީހުން މަރުވެއްޖެ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރްސީ) ގެ ޓެންގަނިކާ ކޯރަށް ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން މަދުވެގެން 41 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 49 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
25 Sep 2026
ނަތަންޔާހޫ ތަޤުރީރު ފެށުމުން ޔޫއޭއީގެ ވަފުދު މަޑުކުރި
އދ. ގެ ޢާންމު މަޖިލީހުގައި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު، ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމެއްގެ ވަފުދުތަކުން ހޯލު ދޫކޮށް ނުކުމެ އިހުތިޖާޖުކުރި ނަމަވެސް، މި ދަނޑިވަޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވަފުދު ހޯލުން ނުނިކުމެ މަޑުކުރިކަން ހާމަވެއްޖެއެވެ.