މާދަމާ މި މަޖިލިސް އުވާލުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް ހައިރާނެއް ނުވާނެ: މެންބަރު ނިޔާޒް

19 Jun 2019 | 13:50

މާދަމާ މި މަޖިލިސް އުވާލުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް ހައިރާނެއް ނުވާނެކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒް މިހެން ވިދާޅުވެފައިވަނީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ދިހަވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ އަދުލް އިންސާފް ޤާއިމްކުރުމަށް ހުރި ހުރަސްތަކާ ގޮންޖެހުންތައް އަޅުގަނޑުމެނަށް އިނގޭކަމަށާއި މި މަސައްކަތް ކުރަނީ މިއީ އުދަގޫ ގޮންޖެހުން ގިނަ މަސައްކަތެއްކަން އެނގިތިބެކަން ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ނަން ބަދަލުކުރުމަށް ވެސް ނިޔާޒް ވަނީ ހުށަހަޅުއްވާފައެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި "ސުޕްރީމް" މި ބަހަކީ ސުޕްރީމް ކޯޓުގެ ބޭފުޅުންގެ ހިތައް އިތުރު ބާރުވެރިކަމެއް އިހުސާސްކުރެވޭ ކަމެއް ކަމަށް ފެންނާތީ ސުޕްރީމް މިނަންމުގެ ބަދަލުގައި އެހެން ނަމެއް ކިޔުމަށް ފެންނަކަމަށެވެ.

ނިޔާޒް އިތުރަށް ވިދާޅުވިގޮތުގައި ޝައުއީ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތް ގޮންޖެހުންތަކާއެކުވެސް ކުރިއަށް ގެންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމާއި ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅަންޖެހިއްޖެނަމަ އަޅާނެކަމަށްވެސް އޭނާ ފާހަގަކުރެއްވެވިއެވެ.

Advertisement

ކޮމެންޓް