ފުވައްމުލަކު ސިޓީ... ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
11 Nov 2025 | 17:02
މިރޭގެ ވަގުތެއްގައި ފުވައްމުލައް ސިޓީއަށް ފެން ދޫކުރަން ތައްޔާރުވަނީ

މިރޭގެ ވަގުތެއްގައި ފުވައްމުލައްސިޓީއަށް ފެން ދޫކުރަން ފެށުމަށް ތައްޔާރުވަމުންދާކަމަށް ސަރުކާރުން ބުނެފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ފުވައްމުލައް ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ހީނާ ވިދާޅުވީ ފުވައްމުލައް ސިޓީއަށް ފެން ކެނޑުމުގެ މައްސަލަ ދިމާވުމާއެކު، ކަނޑާއި ވައިގެ މަގުން ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފަށާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް 5 ލިޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1300 ކޭސް ފެނާއި، 500 މިލިލިޓަރުގެ 1000 ކޭސް ފެން ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ގެންދެވިފައިވާކަމަށެވެ. މިހާތަނަށް 1200 ކޭސް ފެން ރައްޔިތުންނަށް ފޯރުކޮށްދެވިފައި ވާއިރު، އިތުރު ބޯފެން ފުވައްމުލަކު ސިޓީއަށް ގެންދިއުމުގެ މަގުމަތީގައި ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ފުވައްމުލައް ސިޓީއަށް މިވަގުތު ދިމާވެފައިވާ ފެނުގެ މައްސަލަ ވީހާވެސް އަވަހަށް ޙައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންދާކަމަށާއި، ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތަށް ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، އަދި ފްލަޝްކުރުމަށްފަހު ފެން އުފެއްދުމުގެ މަސައްކަތް  ފަށާފައިވާކަމަށް ހީނާ ބުންޏެވެ.

ފުވައްމުލައް ސިޓީން ފެނުގެ ހިދުމަތް އިއްޔެ މެދުކަނޑާލަން ޖެހުނީ އެ ސިޓީގެ ފެނުގެ ނެޓްވޯކަށް ބައެއް ފަރާތްތަކުން ކްރޮސް ކަނެކްޝަން ހަދާފައިވުމުން، ސަޕްލައި ފެން ތަޣައްޔަރުވެ، ބޭނުން ކުރުން ރައްކާތެރި ނޫން ހާލަތްތަށް ދިޔުމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
އަބަދު ނިދި އައިސްފައި ހުންނަނީ ކީއްވެ؟
ހެނދުނު ހޭލީއްސުރެ ނިދި އައިސްފައި, އޮފީހުގައި ލޯ ހުޅުވައިގެން އިނުން ދަތިވެފައި، ހަވީރު ގެއަށް އައިސް ސޯފާގައި ޖައްސައިލާ ގޮތަށް ނިދިފައި, މިއީ ވަރަށް ގިނަ ދިވެހީންނަށް ކޮންމެ ދުވަހަކު ކުރެވޭ ތަޖުރިބާއެކެވެ.
02 Aug 2026
އިރާނަށް ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލައިފިން: ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް ބުނީ އިރާނާއެކު "އަވަސް" އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި ހަމަލާތައް ކެންސަލް ކުރަން ނިންމީ، އިރާނާއި މެދުއިރުމަތީގެ ބައެއް އެހެން ގައުމުތަކުން އެކަމަށް އެދުމުން ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އިރާނުގެ ނިއުކްލިއަރ ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ޓްރަމްޕް ބުންޏެވެ.
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ