ރައީސް ޑރ.މުއިއްޒު ތުރުކީގެ ރައީސް އާއެކު...
ހަބަރު
12 Nov 2025 | 11:03
ތުރުކީގެ މިލިޓަރީ ކާގޯ ފްލައިޓު ވެއްޓުނު ހާދިސާގައި ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ތުރުކީގެ އަސްކަރީ ކާގޯ ފްލައިޓް ވެއްޓުމުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ހިތާމަވެރި އެ ހާދިސާގައި މަރުވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އެކްސިޑެންޓްގައި ފުރާނަގެއްލުނު ފަރާތްތަކަށް ސުވަރުގެ ދެއްވުން އެދިވަޑައިގެން ދުއާކުރައްވާކަމަށެވެ.

ރައީސް ވިދާޅުވީ ތުރުކީގެ ރައްޔިތުންނަށް ކުރިމަތިވި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތުރުކީގެ ރައްޔިތުންނާ އެކު ކަމަށާއި، ރެސްކިއު އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކުރިއަށްދިއުމަށް އެދޭކަމަށެވެ.

ތުރުކީގެ މިލިޓަރީ ކާގޯ މަތިންދާބޯޓު ވެއްޓިފައިވަނީ އިއްޔެގެ ވަގުތެއްގައި ޖޯޖިއާ އާއި އަޒަރުބައިޖާން ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިއަށެވެ. ރިޕޯޓްތައް ބުނާގޮތުން މި ހާދިސާގައި އެ ފްލައިޓްގައި ތިބި 20 މީހަކު ވަނީ މަރުވެފައެވެ. ރެސްކިއު ޓީމުތަކުން ދަނީ މަތިންދާބޯޓު ވެއްޓުނު ސަރަހައްދުކައިރީ ހަރަކާްތތެރިވަމުންނެވެ.

މިހާތަނަށް އެނގުނު ގޮތުގައި މަތިންދާބޯޓު ވެއްޓުނީ އިންޖީނަށް ދިމާވި މައްސަލައަކުންނެވެ. ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ދަނީ ހާދިސާ ތަހްގީގްކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.