ބެކަމްގެ ހަދިޔާ ޚާއްސަކުރި ބަބުލް
ހަބަރު
21 Nov 2025 | 13:45
ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހުގެ ހަދިޔާ ބެކަމް ޚާއްސަކުރީ ރާއްޖޭގެ ތުއްތު ކުއްޖަކަށް

އިއްޔެ ފާހަގަކުރި ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ބެކަމްގެ އިސްޓަގްރާމް މެދުވެރިކޮށް ދިވެހިރާއްޖޭގެ ތުއްތު ކުއްޖަކަށް ލޯބި ”ހަދިޔާއެއް“ ދީފިއެވެ. 

އެގޮތުން މިދުވަހުގެ ތަހުނިޔާ ކުޑަކުދިންނަށް އަރިސްކޮށް، ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރު ޑޭވިޑް ބެކަމް، މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނީ، ތަޢުލީމް ހާސިލްކުރުމާއި، މުސްތަގުބަލާމެދު ހުވަފެންތައް ދެކުމާއި، އުފާވެރި ޙަޔާތެއް ވޭތުކުރުމާއި، ލޯތްބާއި ރައްކާތެރިކަން ލިބުމަކީ ކޮންމެ ކުއްޖަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.  

އެއާއެކު އޭނާވަނީ އަމީރު އަހުމަދުގައި ތަޢުލީމް ހާސިލްކުރަމުންދާ އުމުރުން 3 އަހަރުގެ ބަބުލްގެ ޙަޔާތުގެ އެއްދުވަސް ހޭދަކުރާ ގޮތުގެ ވީޑިއޯއެއް ހިއްސާކޮށްފައެވެ. 

ވީޑިއޯގައި ބަބުލް ސުކޫލަށް ދާން ތައްޔާރުވާ މަންޒަރާއި، އޭނާ ސުކޫލުގައި ކުރާ ކަންކަމާއި އަދި އޭގެ ފަހުން ކުޅެން ގޮސް، މައިންބަފައިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރާ މަންޒަރުތައް ދައްކުވައިދެއެވެ. 

”ބިންމަތީގައި އުކާފައި ހުރި ކުނިވެސް ނަގައި ޑަސްބިނަށް ލީމެއްނު. މުޅި ތަނަށް ހުރީ ޕްލާސްޓިކްފުޅި އަޅާފައި. އައިއެމްއަ ބިޔުޓިފުލް ގާލް.“ ބަބުލްގެ ވީޑިޔޯ ނިންމާލަމުން ބުނެފައިވެއެވެ.

ބަބުލްގެ ވީޑިއޯ ހިއްސާކޮށް ކުރި ޕޯސްޓުގެ ކެޕްޝަންގައި ބެކަމް ބުނެފައިވާގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ ކުދިންނަށް ތައުލީމާއި، ރައްކާތެރިކަނަ ހޯދައިދިނުމަށް ޔުނިސެފުން ކުރާ މަސައްކަތްތަކަށް އޭނާ ތާއީދުކުރެއެވެ. 

އަދި ބަބުލްގެ ވީޑިއޯ ހިއްސާކުރަން ބޭނުންވީ އެ ކުއްޖާގެ ވާހަކައިން ލިބުނު ހިތްވަރުން ކަމަށާ ބަބުލްގެ މެސެޖުން ހަނދާން ކޮށްދެނީ، ކިތަންމެ ކުޑަވިއަސް ކޮންމެ ކުއްޖެއްގެވެސް އަޑު އަހަންޖެހޭ ކަންކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.