އީރާނުގައި ކުރަމުންގެންދާ މުޒާހަރާގެ ތެރެއިން... ފޮޓޯ؛ ސީޓީވީ
ދުނިޔެ
11 Jan 2026 | 21:55
އީރާނުގެ ވެރިކަން ވައްޓާލުމަށް އިސްރާއީލާ ހުޅަނގުން ފޫގަޅާފައި

މިދިޔަ ޑިސެމްބަރުމަހުގެ ފަހުކޮޅުން ފެށިގެން އީރާނުގައި ކުރަމުން އަންނަ މުޒާހަރާގެ އޮއިވަރު މިހާރު ވަނީ މުޅިން އެހެން ގޮތަކަށް ބަދަލުވާން ފަށާފައެވެ. އީރާނުގެ މަގުތަކަށް މުޒާހަރާގެ ބައިވެރިން ނިކުތީ، އެޤައުމުގެ އިގްތިސާދީ ހާލަތު އޮތްގޮތުން ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ތަކެތީގެ އަގުތައްވެސް އިންތިހާއަށް މައްޗަށްދާން ފެށުމުންނެވެ. 

މުޒާހަރާއަށް ދެހަފްތާއަށްވުރެ ގިނަދުަވސް ވެފައިވާއިރު، މުޒާހަރާގެ އޮއިވަރު މިހާރު ވަނީ މުޅިން ބަދަލުވެފައެވެ. މުޒާހަރާއާ ގުޅޭގޮތުން މިހާރު އެންމެބޮޑަށް އިވެމުންދާ ހަބަރުތަކަކީ، މުޒާހަރާގެ ބައިވެރިންނާއި، ސަލާމަތީ ބާރުތަކުގެ ކުރިމަތިލުންތަކުގައި މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ވާހަކަތަކެވެ. މީގެ އިތުރުން ތަންތަނުގައި ރޯކުރުމާއި ގެއްލުންދިނުންވެސް ވަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައެވެ. 

މުޒާހަރާތައް ހޫނުވަމުންދާ މައްސަލާގައި އެންމެފަހުން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވަނީ ނިކަން ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ. އީރާނުގެ ސަރުކާރުން ޤަބޫލުކުރާގޮތުގައި މިހާރު މުޒާހަރާ ކުރަމުންދަނީ އެޤައުމަށް ނިސްބަތްވާ ރައްޔިތުންނެއް ނޫނެވެ. އެއީ އެމެރިކާ އާއި އިޒްރާއީލަށް ނިސްބަތްވާ ތެރަރިސްޓުންކަމަށް ހާމަނާއީ ވަނީ އެންމެފަހުން ދެއްވި ތަގުރީރުގައި ވިދާޅުވެފައެވެ. 

އީރާނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން.. ފޮޓޯ: އޭޕީ

ހާމަނާއީގެ އެވާހަކަތައް އެގޮތަށް އައުމުގެ އެންމެބޮޑު އެއް ސަބަބަކީ، މުޒާހަރާގެ ބައިވެރިން ސަލާމަތީ ބާރުތަކަށް ދެމުން އަންނަ ވަރުގަދަ ހަމަލާތަކެވެ. ފަހަކަށް އައިސް މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލާ ސަލާމަތީ ބާރުތަކުގެ އޮފިސަރުން މަރުވާ އަދަދު ވަނީ އިތުރުވެފައެވެ. އީރާނުން ވަނީ އެމެރިކާ އަދި އިސްރާއީލުން ޓްރެއިން ވެގެންތިބި ބަޔަކު މުޒާހަރާގެ ތެރޭގައި ހަރަކާތްތެރިވަމުންދާކަމަށް ތުހުމަތުކޮށްފައެވެ.

މެދުއިރުމަތީގެ ރިޕޯޓްތައް ބުނާގޮތުގައި ހުޅަނގުގެ ބައެއް ޤައުމުތަކުންނާއި އިސްރާއީލުން މިހާރު މަސައްކަތްކުރަމުންދަނީ އީރާނުގެ މިހާރުގެ ސަރުކާރު ވައްޓާލުމަށެވެ. މިކަން މިއަދު އިސްރާއީލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ކެބިނެޓް ބައްދަލުވުމަށްފަހު ދިން ސްޓޭޓްމަންޓުން ވަރަށް ރަނގަޅަށް ވަނީ ސާފްވެގެން ގޮސްފައެވެ. ނަތަންޔާހޫ ދިން ސްޓޭޓްމަންޓްގައި ބުނެފައިވަނީ އީރާނުގެ ވެރިކަން ބަދަލުކުރުމަށް މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުންދާ ފަރާތްތަކަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެމުންގެންދާނޭކަމަށެވެ. އެގޮތުން ވެރިކަން ބަދަލުވަންދެން އިސްރާއީލް އަދި އެމެރިކާ އޮންނާނީ އެމީހުންނާއެކު ކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.

އެމެރިކާ އަދި އިސްރާއީލްގެ އިތުރުން ކެނެޑާއިންވެސް ވަނީ މުޒާހަރާގެ ބައިވެރިންނާއެކު އޮތްކަމަށް ބުނެފައެވެ.

އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮންނަތާ އެތައް އަހަރެއް ވީނަމަވެސް އީރާން ފާހަގަކުރެވެނީ އެމެރިކާ އަދި އިސްރާއީލުން އެންމެ ޖެހިލުންވާ ޤައުމަށެވެ. ސަބަބަކީ އެމެރިކާ އާއި އެޤައުމުގެ ބައިވެރިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮތްނަމަވެސް ނިއުކްލިއާ އަދި ޓެކްނޮލޮޖީގެ ރޮނގުން ހޯދަމުންދާ ކާމިޔާބީތަކެވެ. ކޮންމެއަކަސް އީރާނުން މިހާރުވެސް ގޮސްފައިވާ ހިސާބަކީ އިސްރާއީލާ އެމެރިކާއަށް ހަޖަމްކުރެވޭ ވަރުގެ ކަމެއް ނޫންކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން އިއްތިފާގު ވެއެވެ.

އީރާނުގެ ހަކަތަ ފައްކާކުރުމުގެ ޕްރޮގްރާމުގައި ހިމެނޭ ތަނެއް... ފޮޓޯ: އޭޕީ

އީރާނުން ބުނެފައިވަނީ އެޤައުމުން ނިއުކްލިއާ ތަރައްޤީކުރަނީ ޤައުމުގެ ދިފާއުގެ އިތުރުން ސިއްހީ އަދި އެނޫންވެސް ވަސީލަތްތައް ކުރިއެރުވުމަށް ކަމަށެވެ. އެގޮތުން ނިއުކްލިއާ ތަރައްޤީކުރަނީ ބަޔަކަށް ހަމަލާދީ އެހެން ޤައުމުތަކުގެ އިސްތިގްލާލު ނަގާލުމުގެ ނިޔަތެއްގައި ނޫންކަމަށް އީރާނުން ވަނީ ބުނެފައެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮތްނަމަވެސް އީރާން ފާހަގަކުރެވެނީ އަމިއްލަ މަސައްކަތުން ކުރިއެރުން ހޯދަމުންއަންނަ ޤައުމެއްގެ ގޮތުގައެވެ. އެގޮތުން އީރާން ހިމެނެނީ ރޮކެޓްގައި ސެޓްލައިޓް ޖައްވަށް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ އިސްލާމީ ހަމައެކަނި ޤައުމުގެ ގޮތުގައެވެ. 

އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައި ބާރުވެރިކަން ހޯދަމުންދާކަމަށްބުނެ އެމެރިކާއިން މިދިޔަ އަހަރު ވަނީ އެޤައުމުގެ އަސްކަރީ ބައެއް ތަންތަނަށް ހަމަލާދީފައެވެ. އެމެރިކާއިން ބުނެފައިވަނީ ހަމަލާތައް ދިނީ ނިއުކްލިއާ މަރުކަޒުތަކަށް ކަމަށެވެ. މި މައްސަލާގައި އީރާނުން ވަނީ ނިއުކްލިއާ މައްސަލާގައި އެމެރިކާ އާއެކު ސުލްހައިގެ ވާހަކަތައް ދެން ކުރިއަށް ނުގެންދާނޭކަމަށްވެސް ބުނެފައެވެ. އީރާނުގެ ނިއުކްލިއާ މައްސަލާގައި އެމެރިކާއިން އޮތީ އެޤައުމަށް ހަމަލާދޭން ތައްޔާރަށެވެ. ނަމަވެސް މިވަގުތު އެމެރިކާ އަދި އިސްރާއީލަށް އޮތް އެންމެ ބުއްދިވެރި ގޮތަކީ ސީދާ ހަނގުރާމައަކަށް ނުގޮސް އީރާން ދާހިލީ ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވައްޓާލައިގެން އެޤައުމުގެ ވެރިކަން ފޮރޮޅާލުންކަމަށް ދެ ޤައުމުން ދެކެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.