މާފަންނުގައި ހުޅުވި ސެންޓަރު... ފޮޓޯ: ރައީސް އޮފީސް
ހަބަރު
22 Nov 2025 | 16:36
މާފަންނުގައި ގާއިމްކުރި އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ ހިދުމަތް ދޭން ފަށައިފި

މާލޭގައި ޤާއިމްކުރި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގެ ހިދުމަތް މިއަދު ރަސްމީކޮށް ދޭން ފަށައިފިއެވެ.

މާފަންނުކޮޅު ރަސްފަންނު ކައިރީ ގާއިމްކުރި މި ހެލްތުކެއާ ސެންޓަރު ހުޅުވާފައިވަނީ މިދިޔަ ހަފްތާގެ ބުދަދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. މިއީ މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް، ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ލިބޭނެ މަގުފަހިވާ ގޮތަށް ފަރުމާކޮށް ހުޅުވި ސެންޓަރެކެވެ.

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިްނ ބުނެފައިވަނީ މި ސެންޓަރުން ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު އާއްމުކޮށް ހިދުމަތްދޭނޭކަމަށެވެ. ހުކުރު ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން ރޭގަނޑު 10 އާ ހަމައަށް ހުޅުވާއިރު ހުކުރުވަހު ސެންޓަރު ހުޅުވުމަށް ނިންމާފައިވަނީ މެންދުރުފަހު 15:30 ހުން ރޭގަނޑު 10:00 އަށެވެ.

މި ސެންޓަރުގެ ހިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ ތިން ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި އާންމު ސިއްހަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ހިންގާ ޕްރޮގްރާމްތައް ވެސް މި މަރުކަޒުގައި ކުރިއަށް ގެންދާނެ އެވެ. އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް، އެކުދިންގެ ހެދިބޮޑުވުން މޮނިޓާކޮށް، ވެކްސިން ދިނުން ފަދަ ހިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެ އެވެ. މީގެ އިތުރުން ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ހިދުމަތް ވެސް މި ސެންޓަރުން ލިބޭނެ އެވެ.

އާބަން ޕްރައިމަރީ ހެލްތުކެއާގެ އިތުރު ފަސް ސެންޓަރު މާލެ ސަރަހައްދުގައި ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލޭގައި ތިންސެންޓަރު އަދި ހުޅުމާލޭގައި ދެ ސެންޓަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.
25 Sep 2026
ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ އިން ފެށިގެން ދ އަތޮޅަށެވެ.
25 Sep 2026
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ފަހަތަށް ޖެހުމެއް ނޫން
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ހައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ވިލުންތެރިކަން އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
25 Sep 2026
ޑީއާރް ކޮންގޯގެ ކޯރަކަށް ބޯޓެއް ބަންޑުން ޖަހާލައި 41 މީހުން މަރުވެއްޖެ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރްސީ) ގެ ޓެންގަނިކާ ކޯރަށް ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން މަދުވެގެން 41 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 49 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
25 Sep 2026
ނަތަންޔާހޫ ތަޤުރީރު ފެށުމުން ޔޫއޭއީގެ ވަފުދު މަޑުކުރި
އދ. ގެ ޢާންމު މަޖިލީހުގައި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު، ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމެއްގެ ވަފުދުތަކުން ހޯލު ދޫކޮށް ނުކުމެ އިހުތިޖާޖުކުރި ނަމަވެސް، މި ދަނޑިވަޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވަފުދު ހޯލުން ނުނިކުމެ މަޑުކުރިކަން ހާމަވެއްޖެއެވެ.
25 Sep 2026
އައިޖީއެމްއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި އަންހެނުންގެ ޞިއްޙަތާ ގުޅޭ ކޭމްޕެއް ބާއްވަނީ
އަންހެނުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ޚާއްޞަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޚާއްޞަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.