ޕްރިމިއާ ލީގްގައި ރޭ ލިވަޕޫލް ކުޅުނު މެޗްގެ ތެރެއިން.. ފޮޓޯ: ޒިންހުވާ
ކުޅިވަރު
23 Nov 2025 | 08:45
ލިވަޕޫލްގެ ކޯޗް އާނޭ ސްލޮޓްގެ މަގާމާމެދު ސުވާލު އުފެދިއްޖެ

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ  ފޮރެސްޓް އަތުން ލިވަޕޫލް ބަލިވެ، އެޓީމްގެ ކޯޗް އާނޭ ސްލޮޓް ދެން އިތުރަށް ލިވަޕޫލްގައި ހުންނާނޭކަމާމެދު ސުވާލު އުފެދިއްޖެއެވެ.

ޕްރިމިއާ ލީގްގައި މި ސީޒަނުގައި ލިވަޕޫލް ފެންނިގެންގޮސްފައިވަނީ ވަރަށް ބަލިކަށިކޮށެވެ. ލީގްގައި މިހާތަނަށް ކުޅުނު 12 މެޗްގެ ތެރެއިން އެޓީމް ވަނީ 6 މެޗުން ބަލިވެފައެވެ. ލިވަޕޫލްގެ އެންފީލްޑްގައި ރޭ ފޮރެސްޓް އަތުން އެޓީމް ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ. 

މެޗްގައި ފޮރެސްޓުގެ ފުރަތަމަ ގޯލް 33 ވަނަ މިނެޓް ތެރޭގައި މުރިލޯ ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު ޖަހައިދިނީ ސަވޯނާއެވެ. އަދި ތިންވަނަ ލަނޑު 78 ވަނަ މިނެޓް ތެރޭގައި ކާމިޔާބުކޮށްދިނީ ވައިޓެވެ.

މެޗަށްފަހު ލިވަޕޫލްގެ ކޯޗް އާނޭ ސްލޮޓްވަނީ މެޗުން ބަލިވުމުގެ ޒިންމާ އޭނާ އުފުލާކަމަށް ބުނެފައެވެ. އެގޮތުން މެޗްގައި އޭނާ ޕްލޭންކުރި ގޭމް ކާމިޔާބު ނުވާކަން ފާހަގަކޮށް ކޯޗް ވަނީ ބަލިވުމުގެ ޒިންމާ ނަގާފައެވެ. ލިވަޕޫލް ފޯމް ގެއްލިފައިވާއިރު، ގާތްގާތުގައި ގިނަ މެޗްތަތަކުން ބަލިވުމުން ކޯޗް މަގާމުގައި ދެމިހުންނާނެތޯވެސް މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ރޭގެ މެޗް ލިވަޕޫލް ޑޮމިނޭޓްކުރިނަމަވެސް އެޓީމަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މެޗްގައި ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް އުފައްދާފައިވަނީވެސް ފޮރެސްޓުންނެވެ.

ރޭގެ މެޗުން ބަލިވުމާއެކު ލިވަޕޫލް ވަނީ ތާވަލްގެ 11 ވަނައަށް ވެއްޓީފައެވެ. ލީގްގައި މިހާތަނަށް ކުޅުނު 12 މެޗުން އެޓީމަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. މެޗުން މޮޅުވި ފޮރެސްޓު އުޅެނީ 12 ޕޮއިންޓާއެކު ތާވަލްގެ 16 ވަނާގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.