ވަޒީރު ޢައިޝަތު ޝިހާމް: ފޮޓޯ/ އާއިލާއާ ބެހޭ ވުޒާރާ
ހަބަރު
23 Nov 2025 | 11:32
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޯސްޓާ ކުރާ މިންވަރު ދެގުނަ އިތުރުވެއްޖެ: ވަޒީރު

’ކޮންމެ ކުއްޖަށް ޢާއިލާއެއް‘ ހޯދައި ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން، ކުދިން ރީއިންޓެގްރޭޓް ކުރެވޭ މިންވަރު މިދިޔަ އަހަރަށްވުރެ ދެގުނަ އިތުރުވެފައިވާ ކަމަށް އާއިލާއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. 

ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން، ފާއިތުވެދިޔަ ދުވަސްތަކުގައި އާއިލާއާބެހޭ ވުޒާރާއިން ކުރެވުނު މަސައްކަތްތަކާ ބެހޭ ގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބުމަކީ ކުދިންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. 

ކުދިންނަށް އެންމެ ރަނގަޅި ޢާއިލާއެއްގެ ލޯތްބާއި އާއިލާއެއްގެ ތެރެއިން ކުދިންނަށް ދަސްވާ ހުނަރުތަކާއި އެކަންތަކުގެ ތެރޭގައި އުޅުން. 

ވަޒީރު ޑރ. ޢައިޝަތު ޝިހާމް

އެހެންކަމުން ކުދިން އަނބުރާ އެކުދިނގެ އާއިލާ ތަކަށް ގެންދިޔުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށާ، އެ ފުރުސަތު ނެތް ނަމަ، އެކުދިން ފޯސްޓާކުރާ ކުރަން ބޭނުންވާ މީހުން ތިބި ނަމަ އެމީހުންނާ ހަވާކުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

މިދިޔަ އަހަރު ރީ އިންޓަގްރޭޓް ކުރެވުނު ކުދިންގެ އަދަދުގެ ޑަބަލް މިއަހަރު މިހާތަނަށް ވެއްޖެ. އެހެންވީމާ މުޖުތަމައުއިން ކުދިން ބަލައިގަންނަލެއްވެސް އަވަސް. ކުދިންނަށް ހެޔޮކަންވެސް އަވަސް. އަދި ކުދިންވެސް އެކަމަށް ތައްޔާރުވެ ތިބޭ. 

ވަޒީރު ޑރ ޢާއިޝަތު ޝިހާމް

ދައުލަތުގެ ބެލެނިވެރިކަމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލީ ވެއްޓެއް ހޯދުމަށް 2023 ވނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހު ސަރުކާރުން ވަނީ ހާއްސަ ޕްރޮގްރާމެއް ފަށާފައެވެ.

އެގޮތުން މިނިސްޓްރީއިން ކުރިއަށްގެންދާ ’ކޮންމެ ކުއްޖަކަށް އާއިލާއެއް‘ ޕްރޮގްރާމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އަނބުރާ އާއިލާތަކަށް ގެންދިއުމާއި، ފޮސްޓިރިން ނިޒާމުގެ ތެރެއިން ކުދިންނަށް އާއިލާތައް ހޯދައިދިނުމަށް ކުރިއަށް ގެންދާ ވަރަށް ޚާއްސަ މަސައްކަތެކެވެ.

އެ ޕްރޮގްރާމުގެ ދަށުން ފޮސްޓަރިންގެ ނިޒާމު ހަރުދަނާކޮށް ވަގުތީގޮތުން ކުދިން ފޮސްޓަރކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިގެން ގޮސްފައެވެ. 

ފޮސްޓަރިންގެ ތެރެއިންނާއި، ރީ-އިންޓަގްރޭޝަންގެ ތެރެއިން ދައުލަތުގެ ތިބި ކުދިންނަށް އާއިލީ ވެއްޓެއް ހޯދުމަށް މިނިސްޓްރީއިން މަސައްކަތްކުރަމުން ގެންދާ އެންމެ ބޮޑު ސަބަބަކީ ކުދިންގެ ހެދިބޮޑުވުމާއި ކުދިންގެ ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަށް އެންމެ ރަނގަޅީ، އާއިލީ ގުޅުންތައް ތަޖުރިބާކުރެވޭނެ ރައްކާތެރި އާއިލީ ވެއްޓެއްގައި ކުދިން ހެދިބޮޑުވުންކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބޭހޭ ވަޒީރު ޑރ ޢައިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.