މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
ހަބަރު
23 Nov 2025 | 23:34
ވިލިމާލޭގައި އަޅާ 300 ފްލެޓް ހާއްސަކުރާނީ އެ އަވަށުގެ މީހުންނަށް: ރައީސް

ވިލިމާލޭގައި 300 ހައުސިން ޔުނިޓް އިމާރާތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވިލިމާލެ ރައްޔިތުންނާއި މިރޭ ބައްދަލު ކުރެއްވުމަށް މިރޭ ބޭއްވި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހެޔޮ އަގުގައި އާންމުންނަށް ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ބޭންކުތަކުން އަޅަން ކަނޑައަޅައިފައިވާ ހައުސިން ޔުނިޓުތަކުގެ ތެރެއިން ބީއެމްއެލުން އަޅާ 3000 ޔުނިޓްގެ ތެރެއިން 300 ހައުސިން ޔުނިޓް އަޅާނީ ވިލިމާލޭގައި ކަމަށެވެ.

ރައީސް ވިދާޅުވީ އެ ހައުސިން ޔުނިޓްތައް ހާއްސަ ކުރާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށެވެ.

"މި 300 ހައުސިން ޔުނިޓް މި ވިލިމާލޭގައި އުޅޭ ރައްޔިތުންނަށް ޚާއްސަ ކުރާނީ," ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ބުނި ގޮތުގައި ވިލިމާލޭގައި މިވަގުތު އިމާރާތް ކުރެވެން އޮތީ 300 ހައުސިން ޔުނިޓެވެ. އެހެން ކަމުން މިއީ މިވަގުތަށް ނެގެން އޮތް އެންމެ ގިނަ އަދަދެވެ. އެ މަސައްކަތް ފެށުމަށް މި އަހަރުގެ ތެރޭގައި ކޮންޓްރެކްޓަރަކާއި ހަވާލު ކުރާނެ ކަަމަށްވެސް ސަރުކާރުން ބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.