ރައީސް ޑރ. މުއިއްޒު ވިލިމާލެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި އިވެންޓްގެ ތެރެއިން-- ފޮޓޯ/ވޮއިސް
ހަބަރު
24 Nov 2025 | 09:30
މާލެއެކޭ އެއްވަރަށް ވިލިމާލެ ވެސް ތަރައްގީ ކުރާނަން: ރައީސް

މާލެ ސިޓީއެކޭ އެއްވަރަށް ވިލިމާލެ އަށްވެސް ތަރައްގީ އަންނަން ޖެހޭނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މި ބައްދަލުވުމުގެ ތެރެއިން ރައީސް ވިދާޅުވީ  އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރަށްވެސް ގިނަ ކަންތައްތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ވިލިމާލެއަށް އިހުމާލު ކޮށްލެވިފައި އޮންނަން ޖެހޭނެ ކަމަކަށް ގަބޫލުފުލު ނުކުރައްވާ ކަމަށާއި، ސަރުކާރު ތެރެއިން މި ރަށަށް ޔަގީނުންވެސް މާ ފުރިހަމައަށް ކަންކަން ކޮށްދެއްވާނެކަމަށެވެ. 

"އަޅުގަނޑު ބޭނުންވަނީ ވިލިމާލެ ރައްޔިތުންނަށް މި ހުރިހާ ދުވަހު ނުކުރެވި، އަދި ހާސިލްކޮށް ނުދެވި ސަރުކާރުތަކުން އޮތް ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭން، އަދި އިތުރަށްވެސް ކުރަން، މާލޭގެ ސިޓީގެ އެއްބައި، މާލެ ސިޓީގެ ހުރިހާ ރައްުޔިތުންނަށް އެއްވަރަކަށް ތަރައްގީ އަންނަން ޖެހޭނީ، ވިލިމާލެ ވިމަ އިހުމާލު ކޮށްލެވިފައި ތަފާތު ކުރެވިފައި އޮންނަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، އަޅުގަނޑު މޭޔަރަކަށް ހުރިއިރު އެއިރު ކުރެވުނު ވަރަކަށް ކުރެވޭތޯ ބެލިން، މިހާރު ސަރުކާރު ތެރެއިން ހަމަ ޔަގީނުންވެސް މާ ފުރިހަމައަށް ކަންކަން ވާނެ،"

 ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 

ރައީސް ވިދާޅުވީ، ވިލިމާލެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުރިހަމައަށް ހަނދާން އެބަ ހުންނެވި ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން ފުރިހަމަ ކުރެވި، އަނެއްބައި ކަންކަން ކުރިއަށް ހިނގަމުންދާ ކަމަށެވެ. 

މި ބައްދަލުވުމުގައި އެރަށުގައި ތަރައްގީގެ އެތައް މަޝްރުއެއް ކުރިއަށް ގެންދިޔުމަށް ރައީސް ވަނީ ވައުދުވެފައެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އަދި އެންމެ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 100 އެނދުގެ ހޮސްޕިޓަލުގެާ އިމާރާތާއި، މަގު ހެދުމުގެ މަޝްރޫއުއެވެ. މި ދެ މަޝްރޫއުވެސް ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، ރައީސް ވިދާޅުވީ، އެ ހޮސްޕިޓަލުގެ ހުރިހާ ކަމެއް ހަމަޖެހި، ފަންޑިންގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށާއި، އެކަމުގެ ހުރިހާ މަރުހަލާތަކެއް ރަނގަޅަށް ހިނގާ ކަމަށެވެ. އަދި ކުޅިވަރުގެ ފެސިލިޓީތައް ގާއިމް ކުރުމުގެ ތެރެއިން ސްޕޯޓްސް ކޮމްޕެލްސް އަންނަ އަހަރު ތެރޭގައި ގާއިމް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި،  އެރަށުގައި މިހާރު އޮތް ދަނޑު 1200 މީހުންގެ ސީޓިން ކެޕޭސިޓީ ހިމެނޭ އިންޑޯ ހުރިހާ ކުޅިވަރުތައް ކުޅެވޭ ގޮތަށް ފީފާ ސްޓޭންޑާޑަށް އަޕްގްރޭޑް ކުރާނެކަމަށާއި އަދި ބީއެމްއެލް ޑޮލަރު އޭޓީއެމްއެއްވެސް ގާއިމްކުރާނެކަމަށް ރައީސް ވައުދުވެވަޑައިގަތެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ބްރިޖުމަތިން ފުންމާލި މީހާ އެޑްމިޓްކޮށްފައި އޮއްވާ ހައްޔަރުކޮށްފި
މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ބްރިޖުމަތިން މީހަކު ފުންމާލި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އެ ރޭ ދަންވަރު 00:44 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.
25 Sep 2026
"ކޫލް" ބެލެނިވެރިއަކަށް ވުމަކީ ދަރިފުޅުގެ މުސްތަޤުބަލަށް އޮތް ހުރަހެއްތަ
ކޮންމެ މައެއް އަދި ބަފަޔަކީވެސް އެމީހުންގެ ދަރިންނާ އެކު ގާތް، އިތުބާރު ހިފޭ ގުޅުމެއް ބާއްވަން ބޭނުންވާނެ ބައެކެވެ. މި ޒަމާނުގައި ގިނަ ބެލެނިވެރިން މަސައްކަތް ކުރަނީ ދަރިންނަށް "ކޫލް" ނުވަތަ މާބޮޑަށް ދޫދޭ ރަހުމަތްތެރިއަކަށް ވާށެވެ. މިގޮތަށް ކަންތައް ކުރަނީ ހަރުކަށި އުސޫލުތައް ގެންގުޅުމުން ދަރިން ދުރުވެދާނެ ކަމަށް ނުވަތަ "ނޫނެކޭ" ބުނުމަކީ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށް ހީކުރެވޭތީއެވެ. ނަމަވެސް، ކުޑަކުދިންގެ ނަފްސާނީ ކުރިއެރުމާ ބެހޭ އިލްމުވެރިން (ޑިވެލޮޕްމެންޓަލް ސައިކޮލޮޖިސްޓުން) ވިދާޅުވާ ގޮތުގައި، ދަރިންނަށް ލޯތްބާއި އޯގާތެރިކަމާ އެކު، ދިރިއުޅުމުގެ އިންތަކާއި، ހައްދުތަކެއް (ބައުންޑަރީތަކެއް) ވެސް ބޭނުންވެއެވެ.
25 Sep 2026
ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ އެކި ރަށްރަށުގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޢަޤީދާގެ މުހިންމުކަން" މި މައުޟޫޢުގެ މައްޗަށެވެ. ޚުތުބާގައި ފާހަގަކުރި ގޮތުގައި މާތް الله އަޅަކަށް ދެއްވާނެ އެންމެ ބޮޑު ނިޢުމަތަކީ ޞައްޙަ ޢަޤީދާގެ ނިޢުމަތެވެ. އަދި އެއީ މުސްލިމެއްގެ ހުރިހައި ޢިބާދާތާއި ހެޔޮ ޢަމަލުތަކުގެ އިތުރުން، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ އަސާސެވެ.
25 Sep 2026
ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ އިން ފެށިގެން ދ އަތޮޅަށެވެ.
25 Sep 2026
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ޙައްލަކީ ފަހަތަށް ޖެހުމެއް ނޫން
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް އޮތް ހައްލަކީ ފަހަތަށް ޖެހުން ނޫން ކަމަށާއި، އެއީ ވިލުންތެރިކަން އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
25 Sep 2026
ޑީއާރް ކޮންގޯގެ ކޯރަކަށް ބޯޓެއް ބަންޑުން ޖަހާލައި 41 މީހުން މަރުވެއްޖެ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރްސީ) ގެ ޓެންގަނިކާ ކޯރަށް ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން މަދުވެގެން 41 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި މިހާތަނަށް 49 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
25 Sep 2026
ނަތަންޔާހޫ ތަޤުރީރު ފެށުމުން ޔޫއޭއީގެ ވަފުދު މަޑުކުރި
އދ. ގެ ޢާންމު މަޖިލީހުގައި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު، ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމެއްގެ ވަފުދުތަކުން ހޯލު ދޫކޮށް ނުކުމެ އިހުތިޖާޖުކުރި ނަމަވެސް، މި ދަނޑިވަޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވަފުދު ހޯލުން ނުނިކުމެ މަޑުކުރިކަން ހާމަވެއްޖެއެވެ.
25 Sep 2026
އައިޖީއެމްއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި އަންހެނުންގެ ޞިއްޙަތާ ގުޅޭ ކޭމްޕެއް ބާއްވަނީ
އަންހެނުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ޚާއްޞަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޚާއްޞަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.