އޭސީސީގެ ވެރިން މަޖިލީހުގެ ކޮމިޓީގައި... ފޮޓޯ: މަޖިލިސް
ހަބަރު
24 Nov 2025 | 22:18
އޭސީސީއަށް ގިނަ އަދަދަކަށް ބޮޑީ ކެމެރާ އާއި އެނޫންވެސް އެއްޗެހި ހޯދަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބޮޑީ ކެމެރާ ހިމެނޭހެން ގިނަ އަދަދެއްގެ އައިޓީ ސާމާނު ހޯދުމަށް އިއުލާނުކޮށްފިއެވެ.

އޭސީސީއަށް ހޯދަން އިއުލާނުކޮށްފައިވާ އެއްޗެހީގެ ތެރޭގައި ހިމެނެނީ، ވީޑިއޯ ކެމެރާ، ފޮޓޯ ކެމެރާ، ބޮޑީކެމެރާ ވާކީޓޯކީގެ އިތުރުން  އެކި ފެންވަރުގެ ލެޕްޓޮޕާއި ޑިޖިޓަލް ސްކްރީން ފާހަގަކޮށްލެވެއެވެ. އޭސީސީއަށް އެންމެ ގިނައިން ހޯދަން އިއުލާނުކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ބޮޑީކެމެރާއެވެ. އެގޮތުން 18 ބޮޑީ ކެމެރާ ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް އޭސީސީއަށް 52 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދީފައިވާއިރު، އަންނަ އަހަރަށް ކަނޑައަޅާފައިވަނީ 47.4 މިލިއަން ރުފިޔާއެވެ. އޭސީސީން ވަނީ އެ ބަޖެޓް ކުޑަކަން ފާހަގަކޮށް ބަޖެޓުގެ 97 އިންސައްތަ ހަރަދުކުރަން ޖެހެނީ ހަމައެކަނި މުސާރައާއި އޮފީސް ހިންގުމަށް ކަމަށް ބުނެފައެވެ.

އެންމެފަހުން މަޖިލީހުގެ ކޮމިޓީގައި އޭސީސީން ވަނީ ކޮރަޕްޝަން ދުރާލާ ދެނެގަތުމުގެ ނިޒާމު އަދިވެސް ވަރަށް ބަލިކަށިކޮށް އޮތްކަން ފާހަގަކޮށްފައެވެ. އެގޮތުން ކޮންމެ ކަމެއްގައި ވެސް ފުލުހުންގެ އެހީއަށް އެދެން ޖެހުން މިއީ ކޮމިޝަންގެ މަސައްކަތުގެ މިނިވަންކަމާ ގުޅިފައިވާ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ރައްޔިތުންގެ އެންމެބޮޑު ފާޑުކިއުން އަމާޒުވާ އެއް އިދާރާއަކީ އޭސީސީއެވެ. އެގޮތުން ސަރުކާރަށް ނިސްބަތްވާ ތަންތަނުން އެންމެ ކުރިންސުރެ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވާ މައްސަލަތަކުގައި އޭސީސީން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުދާ މައްސަލަ ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.