ލަންކާގެ އަވަށެއްގައި ފެންބޮޑުވެފައި.. ފޮޓޯ: ޔޫއެން
ހަބަރު
30 Nov 2025 | 18:39
ތޫފާން ދިތުވާ: ސްރީލަންކާއިން މަރުވި މީހުންގެ އަދަދަު 212 އަށް އަރައިފި

އަވައްޓެރި ސްރީލަންކާއަށް އެރި ތޫފާން ދިތުވާގައި ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ހިނގާދިޔަ ހާދިސާތަކުގައި މިހާތަނަށް 212 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް އެޤައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހާމަކޮށްފިއެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން އެންމެފަހުން އާއްމުކުރި މައުލޫމާތަށް ބަލާއިރު، 212 މީހެއްގެ ފުރާނަ ގެއްލުނުއިރު، 218 މީހަކު ވީއެއްނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. މީގެ އިތުރުން އެތައްބަޔަކު ކިސަޑާއި އެކި ސަރަހައްދުތަކުގައި ތާށިވެފައި ތިބެދާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޓީމުތަކުން އަދިވެސް ދަނީ އެކި ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންނެވެ. ބައެއް އަވަށްތަކުގައި ފެންގަނޑު ބޮޑުވެފައިވާތީވެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިއަދުވެސް މައިގަނޑު ގޮތެއްގައި ކުރިއަށްގެންގޮސްފައިވަނީ ހެލިޮޕްޓަރު ބޭނުންކޮށްގެންނެވެ. މި މަސައްކަތްތަކުގައި ބައިވެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުންވެސް ވަނީ ސްރީލަންކާއަށް ހެލިކޮޕްޓަރާއި އެނޫންވެސް ވަސީލަތްތައް ހަދިޔާކޮށްފައެވެ. 

ސްރީލަންކާއަށް އެހީތެރިވުމުގެ ގޮތުން މިވަގުތުވެސް އެކި ޤައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުންދަނީ އެޤައުމުގައި ހަރަކާތްތެރިވަމުންނެވެ. މީގެ ތެރޭގައި ޔޫއެންވެސް ހިމެނެއެވެ.

ތޫފާން ދިތުވާއަކީ މި ފަހުގެ ތާރީހެއްގައި ސްރީލަންކާއަށް އެރި އެންމެ ގެއްލުންބޮޑު ތޫފާނެވެ. މިހާހިސާބަށް އާއިރު 30،000 ހާހަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނުއިރު، އެތައް އާއިލާތަކެއްގެ ގެދޮރުވަނީ ވަރަށް ބޮޑު މަރާމާތެއްކޮށްގެން ނޫނީ މަރާމާތު ނުކުރެވޭ ހާލަތަށް ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.