ސިލޯނާއެކު ދިވެހިން ތެލެތޯން..
ހަބަރު
30 Nov 2025 | 23:34
"ސިލޯނާއެކު ދިވެހިން" ތެލެތޯން، މާދަމާ ދޭއް ޖެހުމާ ހަމަޔަށް ކުރިއަށްގެންދަން ނިންމައިފި

އަވައްޓެރި ސްރީލަންކާއަށް އެހީވުމުގެ ގޮތުން ދިވެހި މީޑިއާތަކުން ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހިން" ތެލެތޯން މާދަމާ 2 ޖެހުމާ ހަމަޔަށް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

ތެލެތޯން އިންތިޒާމްކުރާ ކޮމިޓީގައި އިސްކޮށް ހުންނަވާ އަދި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔާމިން ރަޝީދު ވިދާޅުވީ ތެލެތޯންގެ މުއްދަތު އިތުރުކުރީ އަދިވެސް އެހީވާން ބޭނުންވާ ފަރާތްތައް ތިބުމާއެކު އެފަރާތްތަކަށް ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެންމެ ފުރަތަމަ ރާވާފައި އޮތީ މިރޭގެ 1 ޖެހުމާ ހަމަޔަށް ތެލެތޯން ކުރިއަށްގެންދާ ގޮތަށެވެ. 

ތެލެތޯނަށް މިހާތަނަށް 2.3 މިލިއަން ދިވެހި ރުފިޔާ ލިބިފައިވާއިރު، އެމެރިކާ ޑޮލަރުގެ ގޮތުގައި ވަނީ 38 ހާހށްވުރެ ގިނަ ޑޮލަރު ލިބިފައެވެ. މި ޓެލެތޯނަށް ފަންޑު އެއްކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން، ފައިސާ ޖަމާކުރުމަށް އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

މިގޮތުން، ޓީވީ ސްކްރީނަށް އަރާ ކިއުއާރްކޯޑު ސްކޭންކޮށްގެން، ނަގުދު ފައިސާ، ޓްރާންސްފަރ، އަދި ބޭންކް ޗެކް މެދުވެރިކޮށްވެސް ފައިސާ ހަދިޔާ ކުރެވޭނެއެވެ.

'ސިލޯންއާއެކު ދިވެހިން ޓެލެތޯން' އަށް އެހީވެވޭނީ:-

ރުފިޔާ އެކައުންޓު ނަމްބަރު :7730000796107

ރުފިޔާ އެކައުންޓު ނަން: ސިލޯންއާ އެކު ދިވެހިން

ޑޮލަރު އެކައުންޓު ނަމްބަރު: 7730000796106

ޑޮލަރު އެކައުންޓު ނަން: ސިލޯންއާ އެކު ދިވެހިން

ޓެލެތޯނުން ލިބޭ ފައިސާ ޖަމާކުރުމަށް ވަކި ޚާއްސަ އެކައުންޓެއް ވެސް ހަދާފައިވާއިރު މި މަސައްކަތް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި، މިނިވަން އޮޑިޓް ފަރމެއްގެ ބެލުމުގެ ދަށުން މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

މި ތެލެތޯނުގައި 37 މީޑިއާއަކުން ބައިވެރިވާއިރު، މިކަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށް ތެލެތޯން އިންތިޒާމްކުރާ ކޮމިޓީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.