އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އަދި ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު..
ހަބަރު
01 Dec 2025 | 00:16
ޝާހިދު އިބުރޭއަށް؛ ޕާޓީ އެތެރޭގެ މަސްލަހަތު ގެއްލޭފަދަ ކަންކަމުން ދުރުވާންޖެހޭ

އެމްޑީޕީގެ އެތެރޭގެ މަަސްލަހަތު ގެއްލޭ ކަންކަން ނުކުރުމަށް އެޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ޝާހިދު މިކަމަށް ގޮވާލެއްވީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަނެއް ހޮވުމަށް އެންމެފަހުން އެޕާޓީގެ ޤައުމީ މަޖލީހުގެ ތެރޭގައި ކަންތައްވެދިޔަ ގޮތާ ގުޅޭގޮތުން ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދަށް މިއަދު ސިޓީއެއްގައެވެ.

ސިޓީގައި ޝާހިދު ވަނީ އެދުވަހުގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ކަންކަންވެ ދިޔަގޮތް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން އެރޭގެ ޖަލްސާގައި ފުރަތަމަ ވޯޓު ނަގާ ނިމުމުން ޖަލްސާގައި ތިއްބެވި ވޯޓުލެވޭ މެމްބަރުންގެ އަދަދަކީ 96 ކަން އިއުލާނުކުރެއްވުމަށްފަހު ރިޔާސަތު ނުހިމަނައި އެ އަދަދަކީ 95 ކަމަށް އިއުލާނު ކުރެއްވިކަމަށާއި، އެންމެފަހުން ވަގުތީ ޗެއާޕާސަން ވޯޓަށް އަހައި 47 ވޯޓުލިބި އަބްދުﷲ ވަހީދުގެ ނަން ފާސްވެއްޖެކަމަށް ރިޔާސަތުން އިއުލާނުކުރެއްވި ކަމަށެވެ.

ނަމަވެސް 95 ގެ ދެބައިކުޅަ އެއްބަޔަކީ 47 ނޫންކަމަމަށް ބައެއް މެމްބަރުން އިހުތިޖާޖުކުރެއްވުމުން ރިޔާސަތުން ހިސާބު ހެއްދެވުމަށްފަހު އެންމެފަހުން އިއުލާނުކުރެއްވީ ޢަބްދުﷲ ވަހީދުގެ ނަން ފާސްނުވާކަަށެވެ. 

ޝާހިދު ވިދާޅުވީ ރިޔާސަތުން ދެފަހަރު ދެގޮތަށް އަމަލުކުރެއްވުމުގެ ސަބަބުން އެންމެފަހުން އެރޭގެ ޖަލްސާގެ ނިޒާމު ގެއްލި ހަމަނުޖެހުމަކަށް ދިޔަކަމަށެވެ. އަދި އެންމެފަހުން ކުރިއަށްނުގެންދެވި މެދުކަނޑާލެއްވިކަން ރިޔާސަތުން އިއުލާނުކުރެއްވި ކަމަށެވެ. 

ޤައުމީ މަޖިލީހުގެ ޖަލްސާއަށްފަހު ޕާޓީގެ އެތެރެ ހނުވެފައިވަނިކޮށް އަބްދުﷲ ވަހީދު ވަނީ މިއަދު އަބްދުﷲ ޝާހިދަށް ސިޓީފުޅެއް ފޮނުއްވައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ވާދަކުރެއްވި ކުރެއްވުން އަނބުރާ ގެންދަވާފައެވެ.

މިކަމާ ގުޅިގެން އަބްދުﷲ ޝާހިދު ފޮނުއްވި ސިޓީގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ކައިރިވެފައިމިވާ ދަނޑިވަޅުގައި ޕާތީގެ އެތެރޭގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.