ލަންކާ ކްރިކެޓް ޓީމް... ފޮޓޯ: މިރަރ
ކުޅިވަރު
04 Dec 2025 | 19:53
ސްރީލަންކާ ޤައުމީ ކްރިކެޓް ޓީމުގެ ފަރާތުން ފަންޑަށް 300 މިލިއަން ރުޕީސް ހަދިޔާކޮށްފި

ސްރީލަންކާއަށް އެރި ތޫފާނާއި ބޯކޮށް ވާރޭވެހުމާ ގުޅިގެން އެޤައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރަމުްނގެންދާ މަސައްކަތްތަކަށް ލަންކާ ޤައުމީ ކްރިކެޓް ޓީމުގެ ފަރާތުން 300 މިލިއަން ރުޕީސް ހަދިޔާކޮށްފިއެވެ.

މިކަމާ ގުޅިގެން ސްރީލަންކާގެ ޤައުމީ ކްރިކެޓް ޓީމުން ބުނީ، ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ގާއިމްކޮށްފައިވާ ރިބިލްޑިންގ ސްރީލަންކާ ފަންޑަށް 300 މިލިއަން ރުޕީސް ހަދިޔާކޮށްފައިވާކަމަށެވެ. މި ފައިސާ ހަދިޔާކުރަން ނިންމީ ސްރީލަންކާ ކްރިކެޓްގެ ރައީސް ޝައްމި ސިލްވާ އަދި ބޯޑުގެ މަޝްވަރާއަށްފަހުކަމަށް ލަންކާ ކްރިކެޓުން ބުންޏެވެ. 

ސްރީލަންކާ ފައިސާގެ 300 މިލިއަން ރުޕީސް އަކީ ގާތްގަނޑަކަށް 971 ހާސް އެމެރިކާ ޑޮލަރެވެ. ސްރީލަންކާއަށް ކުރިމަތިވި ގުދުރަތީ ކާރިސާގައި އެންމެ އަވަހަށް އެހީތެރިކަން ދޭން ނިންމި އެޤައުމުގެ ފުރަތަމަ އެއް މުއައްސަސާއަކީވެސް ލަންކާ ކްރިކެޓް ޓީމެވެ. ޕާކިސްތާނުގައި މުބާރާތެއް ކުޅެންގޮސް މިވަގުތު ތިބި ލަންކާ ކްރިކެޓް ޓީމުން ވަނީ، ޕާކިސްތާނު ޓްއާއިން ލިބޭ ހުރިހާ ފައިސާއެއް   ހާލުގައި ޖެހުނު ފަރާތްތަކަށް ދިނުމަށް ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ލަންކާ ޤައުމީޓީމްގެ ކޯޗް އަދި ކްރިކެޓް ލެޖެންޑް ސަނަތު ޖަޔަސޫރިއާ ބުނެފައިވަނީ، ލަންކާ ކްރިކެޓް ޓީމްގެ ކުޅުންތެރިންނާ އޮފިޝަލުންތިބީ ހާލުގައި ޖެހުނު ފަރާތްތަކާއި އަދި އެފަރާތްތަކަށް އެހީވުމަށް އެކިގޮތްގޮތުން މަސައްކަތްކުރަމުންދާ ޓީމްތަކާއެކުގައިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.