ލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގެ މަންޒަރެއް-- ފޮޓޯ؛ރިއުޓާސް
ދުނިޔެ
06 Dec 2025 | 14:20
ތޫފާނާއި ގުޅިގެން ލަންކާގައި މަރުވި މީހުންގެ އަދަދު 600 އިން މައްޗަށް

ސްރީ ލަންކާއަށް އެރި ތޫފާނާ ގުޅިގެން މަރުވި މީހުންގެ އަދަދު 600 އަށް ވުރެ މަތިކަމަށް ރިޕޯޓުކޮށްފިއެވެ. 

އެގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީއެމްސީ) އިން އިއްޔެ ބުނެފައިވަނީ، މިހާތަނަށް މި ތޫފާނުގެ ސަބަބުން 607 މީހުންގެ ފުރާނަ ގެއްލިފައިވާކަން ޔަގީންކުރެވިފައިވާކަމަށެވެ. އަދި 214 މީހުން ގެއްލިފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް ވަނީ ބުނެފައެވެ. ތޫފާނުގައި ލިބުނު ގެއްލުންތަކުގެ އަސަރު ގައުމުގެ 25 ސަރަހައްދެއްގެ 586,464 ގޭބިސީއަކުން، ޖުމުލަ 2,082,195 މީހުންނަށް ވަނީ ކޮށްފައެވެ.

މި ހާދިސާތަކާ ގުޅިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ ކެންޑީ ޑިސްޓްރިކްޓުންނެވެ. އެއީ ޖުމުލަ 232 މީހުންނެވެ. މީގެ އިތުރުން ނޫރަލިއާއިން 89 މީހުން، ބަޑުއްލާ ޑިސްޓްރިކްޓުން 83 މީހުން، ކުރުނުގަލާ ޑިސްޓްރިކްޓުން 61 މީހުން، އަދި ކޭގާލޭ ޑިސްޓްރިކްޓުން 30 މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުންވެސް އެކި އަވަށްތަކުން ވަނީ ގިނަ ބައެއްގެ ފުރާނަ ގެއްލިފައެވެ.

ތޫފާން ދިތުވާގެ ނަމުން ނަން ދެވިފައިވާ މި ތޫފާނަކީ ލަންކާގެ ތާރީހުގައިވެސް އެގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ތޫފާނެއެވެ. އެތައް ބައެއްގެ ފުރާނަ ގެއްލި އިގްތިސާދީ ގޮތުންވެސް އެ ގައުމު ވަނީ އަނދަވަޅަކަށް ވެއްޓިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.