ފޯނު ޗާގު ކުރުމުގައި ގެންގުޅެންވީ އެންމެ ރަނގަޅު މިންގަނޑު

16 Oct 2018 | 10:02

ރޭގަނޑު ނިދަން އޮށޯންނަމުން ފޯނު ޗާޖައް ޖަހާފަ ނިދުމަކީ 'ކަޑަ' ކަމެއް ކަމުގައި ވަރަށް ގިނަ މީހުން ބުނެއެވެ. އެހެން ހެދުމުގެ ސަބަބުން ފޯނުގެ ބެޓެރި މާ އަވަހަށް ހަލާކުވާކަމަށްވެއެވެ. މިއީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއް ހެއްޔެވެ؟

މިކަމާއި ގުޅޭ ގޮތުން ބެޓެރިއާއި ބެހޭ އެކްސްޕާޓަކާއި ހަވާލާދީ ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ އެމެރިކާގެ މަޝްހޫރު ދި ވާޖް އިން ހާމަކޮށްފައިވާ ގޮތުގައި ވީހާވެސް ގިނައެއް ކޮށް ފޯނު ޗާޖަށް ޖަހާފައި ބަހައްޓަންވީ ކަމަށެވެ.

ނަމަވެސް ފޯނު ޗާގު ކުރުމުގައި އެންމެ ރަނގަޅު ގޮތަކީ 100 އިންސައްތަ އާއި ހަމައަށް ޗާޖު ނުކުރުން ކަމަށާއި 90 އިންސައްތައަށް ޗާގުވީމައި ހުއްޓާލުން ކަމަށް މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިން އިތުރު އެކްސްޕާޓެއް ބުނެފައިވާ ކަމަށްވެސް ދި ވާޖްއިން މައުލޫމާތު ދެއެވެ. އެންމެ ރަނގަޅު ގޮތަކީ 30 އިންސައްތައާއި 80 އިންސައްތައާއި ދެމެދު ފޯނުގެ ބެޓެރި ޗާޖު ބެހެއްޓުން ކަމަށާއި މީގެ ސަބަބެއް ކަމުގައި އޭނާ ބުނެފައިވަނީ 100 އިންސައްތައަށް ފޯނު ޗާޖު ކުރުމުން ބެޓެރީގެ އިލެކްޓްރޯއީޑްސް ޑީގުރޭޑް ވުމެވެ.

މި ދެ އެކްސްޕާޓުންވެސް އެއްބަސްވާ އެއްކަމެއް އެބޯތެވެ. އެއީ 100 އިންސައްތައަށް ފޯނު ޗާގު ވުމަށް ފަހުވެސް ފޯނު ޗާޖަށް ޖަހާފަ ބޭއްވުމަކީ މައްސަލައެއް ނޫން ކަމުގައެވެ. އަދި އޭގެ ސަބަބުން ފޯނަށް ގެއްލުމެއްވެސް ނުވާނެ ކަމަށް މި ދެފަރާތުންވެސް މައުލޫމާތު ދީފައިވެއެވެ.  

Advertisement

ކޮމެންޓް