ޝަކީބް ޕީއެސްއެމް ނިއުސްގައި --
ހަބަރު
10 Dec 2025 | 16:08
ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ކުޅަދާނަ ހުށައެޅުންތެރިޔާ ޝަކީބް

ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުޅަދާނަ ހުށައެޅުންތެރިޔާ އިބްރާހިމް ޝަކީބް (ޝަކީބެ) އައްޔަނު ކުރައްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ. ޝަކީބަކީ ޓީވީއެމްގެ އެންމެ މަގުބޫލް މޫނެވެ. ވަރަށް ރީތިކޮށް ޚަބަރު ވިދާޅުވާ އަދި ޓީވީގެ އެންމެ ޚާއްސަ ޝޯތައް ވެސް ހުށައަޅުއްވާފައިވާ ޝަކީބް މި ފަހުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ "ރައްުޔިތުންނާއެކު" ޕޮޑްކާސްޓް ހުށައަޅުއްވަމުންނެވެ.

ޝަކީބް އަކީ ތައުލީމީ ދާއިރާއަށް ވެސް ވަރަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ޝަކީބް އައްޔަނު ކުރެއްވީ ކުރީން އެ މަގާމުގައި ހުންނެވި އިބްރާހިމް ނަސްރީން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ.

މި ސަރުކާރުގައި އެންމެ ގިނަ ވެރީން ބަދަލުވި އެއް ކުންފުންޏަކީ ޕީއެސްއެމް އެވެ. ފުރަތަމަ ހުންނެވީ ކުޅަދާނަ ހުށައެޅުންތެރިޔާ އަދި ނޫސްވެރިޔާ ޒީނާ ޒާހިރެވެ. ޒީނާ އިސްތިއުފާ ދެއްވުމުން އެ މަގާމަށް އައްޔަނު ކުރެއްވީ މުހައްމަދު ސައީދު އެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްގެ ފަހުން އޭނާ ވެސް އިސްތިއުފާ ދެއްވި އެވެ.

އިސްތިއުފާ ދެއްވުމަށް ފަހު އޭގެ ހަގީގީ ސަބަބާއި ގުޅޭގޮތުން އެއްވެސް ބޭފުޅަކު ތަފްސީލުކޮށް ވާހަކައެއް ނުދައްކަވަ އެވެ.

ކޮމެންޓް
ކޮރަކަލި
މަރުހަބާ ޝަކީބް ހަވާލު ވި ވަޒީފާ ގައި ކުރި ދެވިދާނެކަމަށް ހީކުރަން
10 Dec 2025
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.