ޔޫއޭއީގެ ފައިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް.. ފޮޓޯ: އެރެބިއަން ބިޒްނަސް
ދުނިޔެ
13 Dec 2025 | 17:18
ޔޫއޭއީގައި ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސް ނަގަން ފަށަނީ

ޔޫއޭއީގައި އަންނަ އަހަރުން ފެށިގެން ހަކުރު އެކުލެވޭ ބުއިންތަކުން ހާއްސަ ޓެކްސް އެއް ނެގުމަށް ތައްޔާރުވެއްޖެއެވެ.

މި ޓެކްސް ނެގުމުގެ ނިޒާމު ބަރޯސާވާނީ އެގައުމުން ކަނޑައަޅާފައިވާ 'ޓައިއަރޑް ވޮލިއުމެޓްރިކް މޮޑެލް' އަށެވެ. މި މޮޑެލްގެ ދަށުން ޓެކްސް ނަގަނީ އެ ބުއިމުގައި ހަކުރު އެކުލެވޭ މިންވަރުގެ ތެރެއިން ކޮންމެ 100 މިލިލީޓަރަކަށް ވަކި ރޭޓަކުންނެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ނަގަން ޓެކްސް ނަގާނީ ވަކި ރޭޓެއް ކަނޑައަޅައިގެންނެއް ނޫނެވެ. މި ޓެކްސް ނަގާނީ އެ ބުއިމުގައި އެކުލެވިފައި ހުންނަ ހަކުރުގެ މާއްދާތަކުގެ ބާވަތްތަކަށް ބިނާކޮށެވެ.

އެ ގައުމުގެ ފެޑެރަލް ޓެކްސް އޮތޯރިިޓީ އިން ހާމަކުރި ގޮތުގައި އަންނަ އަހަރު ޓެކްސްގެ މި ގަވައިދަށް އަމަލުކުރަން ފެށުމުން، ސައްހަ 'ޔޫއޭއީ ސެޓްފިކެޓް އޮފް ކޮންފޯމިޓީ' ގައި ނުހިމެނޭ ހުރިހާ ފޮނި ބުއިމެއް ހަކުރު ގިނަ ބުއިންތަކެއްގެ ގޮތުގައި ގިންތިކުރެވޭނެ އެވެ. އެހެންކަމުން އެ އިދާރާއިން ވަނީ މިފަދަ ބުއިންރައް އުފައްދާ، އެތެރެކުރާ، އަދި ވިއްކާ ހުރިހާ ވިޔަފާރިތަކުންވެސް އެ ބުއިންތަކުގައި ހަކުރުގެ ބާވަތްތައް އެކުލެވޭ މިންވަރު މިންކުރުމަށް އަންގާފައެވެ. 

ޓެކްސް ގާނޫނުގެ ދަށުން ހަކުރު އެކުލެވޭ ހުރިހާ ބާވަތެއްގެ ބުއިންތަކާއި، ހަކުރުގެ ކޮންސެންޓްރޭޓް، ޕައުޑަރ، ޖެލް، އެކްސްޓްރެކްޓް ނުވަތަ ފޮނި ބުއިމަކަށް ބަދަލުކުރެވޭ ގޮތަކަށް އުފައްދާފައިވާ އުފެއްދުންތަކުން ވެސް ޓެކްސް ނަގަން ފެށުމަށް ވަނީ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ