ޝެއިޚް އާދަމް ޝަމީމް: ފޮޓޯ/ ވޮއިސް
ހަބަރު
24 Dec 2025 | 11:13
އެއްވެސް އިމެއްނެތި މޯބައިލް ފޯނާ ޓެބްލެޓް ސުކޫލު ކިޔަވާ ކުދިން އަތަށް ދިނުން ހުއްދައެއް ނުވާނެ: ޑރ. ޝަމީމް

އެއްވެސް އިމެއްނެތި މޯބައިލް ފޯނާ ޓެބްލެޓް ސުކޫލު ކިޔަވާ ކުދިން އަތަށް ދިނުން ހުއްދައެއް ނުވާނެ ކަމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ. 

ކުދިން މޯބައިލް ފޯނު ގެންގުޅުމުގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައި ޑރ. ޝަމީމް ދެއްވި މިސްކިތު ދަރުހުގައި ވިދާޅުވީ، އެއްވެސް އިމެއް މިނެއް ނެތި ސުކޫލު ކުދިން އަތަށް މޮބައިލް ފޯނު ދީ، އެ މޮނީޓާ ނުކޮށް ހުރުމަކީ ބެލެނިވެރިންނަށް ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެކަން ކޮންމެހެންވެސް ހުއްޓާލަންޖެހޭ ކަމަށް ޝެއިޚް ވިދާޅުވިއެވެ. 

ސުކޫލު ކިޔަވާ ކުދިން، ކުޑަކުދިން ޚާއްސަކޮށް، އެކުދިންނަށް އަމިއްލަ މޮބައިލް ފޯނާ، އަމިއްލަ ޓެބާ، އަމިއްލަ އިންޓަނެޓާ، އެކުދިންނަށް އެއްވެސް ހަމައެއް ލަމައެއް ނެތި، ނުވަތަ އިމެއް މިނެއްނެތި، އެ ބެލޭނެ ގޮތެއްވެސް ނެތި، ދޫކޮށްފައި، އޭގެ ލަގަން އެކުދިން އަތަށް ދީފައި ބޭއްވުން އެއީ ނުބައެއް ގޯހެއް.  ވަރަށް ބޮޑު ގޯހެއް. އެކަން ހުއްދައެއް ނުވާނެ ބެލެނިވެރިންނަކަށް ކުރާކަށެއް. އެއީ، ވަރަށް ގިނަ ކުދިން ހައްދު ފަހަނައަޅައި ހަލާކުވެގެން އެބަދޭ އެކަމުގެ ސަބަބުން. 

ޝެއިޚް އާދަމް ޝަމީމް

އެހެން ކަމުން ޚާއްސަކޮށް ގްރޭޑް 7 އިން މަތީގެ ދަރިވަރުންގެ އަތުގައި އަމިއްލަ މޮބައިލް ފޯނާއި އިންޓަނެޓް ދީފައި ބަހައްޓަން ނުވާނެ ކަމަށާ، އެކަންކަން، ބެލެހެއްޓުމަކީ ބެލެނިވެރިންނަށް ކުރަން އުނދަގޫވާނެ ކަމަށް ޝެއިޚް ވިދާޅުވިއެވެ. 

އޭރުން ބެލެނިވެރިޔާއަށް ސުޕަވައިޒްއެއް ނުކުރެވޭނެ. އެކުއްޖާ އުޅޭ ގޮތެއް ނުބެލޭނެ. އެކުއްޖާ ގެއްލިދާނެ. އެހެނީ އޭގައި ހުރި އެންޓަޓައިންމަންޓްގައި (ގެއްލިދާނެ) މޮބައިން ފޯނާ އިންޓަނެޓް ކޮންޓްރޯލް ކުރަނީ އަޅުގަނޑުމެންނެއް ނޫން. އިބިލީހުގެ އެންމެ ނުރައްކާ އެންމެ ވަރުގަދަ ނެޓްވޯކަކީ އެއީ. މީސްތަކުން މަގުފުރައްދަން. ކުދިބޮޑު އެންމެންވެސް މަގުފުރައްދަން ބޭނުންކުރާ އެންމެ ވަރުގަދަ ވަސީލަތަކީ އިންޓަނެޓް

ޝެއިޚް އާދަމް ޝަމީމް

ކުދިން އަތަށް މޮބައިލް ފޯނު ދިނުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ޝެއިޚް އަލިއަޅުވާލައްވާފައިވާއިރު، ދާދިފަހުންވެސް ކުދިން ސުކޫލަށް މޮބައިލް ފޯނު ގެންގޮސް ބަދުއަޚްލާގީ މަންޒަރު ހުންނަ ވީޑިއޯ ބެލި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. 

އެ ފަދަ ކަންކަން ތަކުރާރު ވަމުންދާތީ 10 އިން ދަށުގެ ކުދިންނަށް ސުކޫލަށް މޮބައިލް ފޯނު ގެންދިޔުން ވަނީ މަނާކޮށްފައެވެ. އަދި ހައި ސުކޫލު ކުދިންވެސް ކިޔަވައިދޭ ގަޑީގައި ފޯނުގެންގުޅުން ވަނީ މަނާ ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.