މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
29 Dec 2025 | 15:52
މީސްމީޑިއާގައި އަންހެނުންނަށް ފުރައްސާރަކުރުން އިތުރުވެއްޖެ

މިފަހުން ސޯޝަލް މީޑިއާގައި އަންހެނުންނަށް ފުރައްސާރަކުރުން އިތުރުވެފައިވާކަމަށް އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ދާދިފަހަކުން ސޯޝަލް މީޑިއާގެ ތެރޭގައި އަންހެނުންނަށް ފުރައްސާރަކުރުން އިތުރުވުމުގެ ސަބަބުން އެކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކެމްޕެއިނެއް ކުރިއަށް ގެންދަން ޖެހުނު ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގެ އިތުރުން އަތޮޅޫތެރޭގެ ރަށްތަކަށް އަމާޒުކޮށް މި ކެމްޕެއިންތައް ކުރިއަށްގެންދެވުނުކަން މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު އާއިޝަތު ވިދާޅުވީ މުޖުތަމައުގައި އަންހެނުންނަށް އޮންނަ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ގިނަ ކަންކނަ ްމިހާރުވެސް ކުރަމުންގެންދާކަމަށެވެ. އެގޮތުން އާއިލާތައް ރައްކާތެރި ކުރުމުގެ މަސައްކަތާއި އަންހެނުންނަށް ދިމާވާކަންކަމުގައި ވީހާވެސް އަވަހަށް އިޖާބަދިނުމުގެ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމަށް ކަންކަން ކުރަމުން އނަްނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަނިޔާލިބޭ އަންހެނުންނާއި އާއިލާތައް ވަގުތީގޮތުން ބައިތިއްބާނެ ތަންތަން އެޅުމުގެ ކަންކަން ކުރިއަށްދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫސިޓީގައި އިމާރާތްކުރާ ތަނުގެ މަސައްކަތް ފެށޭ ހިސާބުގައި އޮތްއިރު ހުޅުމާލޭގައި އިމާރާތްކުރާ ތަނުގެ މަސައްކަތްކުރުމަށް ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވާކަމަށެވެ. ހުޅުމާލެއަށްފަހު އުނގޫފާރުގައި އަޅާތަނުގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަންވެސް ކުރާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑޮމެސްޓިކް ވައިލަންސް ޝެލްޓާތައް ގާއިމް ކުރެވިގެންދާނޭކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.