އިލެކްޝަން ކޮމިޝަން ރައީސްގެ ރީޓުވީޓް: ރައީސް ޔާމީން ހިންގަން އުޅެނީ ޖަރީމާއެއް

16 Oct 2018 | 16:30

ރައީސް ޔާމީން ހިންގަން އުޅެނީ ޖަރީމާއެއް ކަމަށް ބުނެފަ އޮތް ޓުވީޓެއް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ރީޓުވީޓް ކުރައްވައިފިއެވެ.

ޝަރީފް ރީޓުވީޓް ކުރައްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތް ކުރައްވާފަ އޮތް ޓުވީޓެކެވެ.

އަމީތްގެ ޓުވީޓްގައި ވަނީ އިންތިހާބު އޮޅުވާލަން ބޭނުން ކުރިކަމަށް ބުނާ އަނގޮޓިތަކަކީ ރައީސް ޔާމީން އަމިއްލައަށް އެތެރެ ކޮށްފާއިވާ ތަކެތި ކަމަށާއި، އޭގެ ޕޮޓޯ ނަގައިގެން ހެކީގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ޔާމީން ހިންގަން އުޅެނީ ބޮޑު ޖަރީމާއެއް ކަމަށެވެ.

މުސްތަގިއްލު ކޮމިޝަނެއްގެ ވެރިޔަކަށް ހުރެ މިޒާތުގެ ކަންތައްތައް ކުރަނީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށްބުނެ ގިނަ ބައެއްގެ ފާޑު ކިޔުންތައް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފަށް އަންނަނީ އަމާޒު ވަމުންނެވެ.

ވޯޓު އޮޅުވާލި ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ތުހުމަތު ކުރަމުން ދާއިރު އީސީ ރައީސް ގެންދަވަނީ މިފަހަރުގެ ރިޔާސީ އިންތިހާބަކީ އިންސާފް ވެރި އޮޅުވާލުމެއް ނެތް އިލެކްޝަން އެއްކަމަށް ބުނަމުންނެވެ.

Advertisement

ކޮމެންޓް