ޖަސްޓިސް ބިލްޑިންގ-- ފޮޓޯ/ވޮއިސް
ހަބަރު
08 Jan 2026 | 16:21
ސިވިލް ކޯޓުން މިދިޔަ އަހަރު 6،000 އަށް ވުރެ ގިނަ ޤަޟިއްޔާ

ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމި ޤަޟިއްޔާތަކުގެ އަދަދު 6،000 އަށް ވުރެ ގިނަ އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މިއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މައްސަލަތައް ނިންމި އަހަރެވެ. 

ސިވިލް ކޯޓުން މިއަދު އާންމުކޮށްފައިވާ ނިމުނު 2025 ގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކޯޓުގައި އެ އަހަރު 5،680 ޤަޟިއްޔާ ރަޖިސްޓްރީކޮށްފައިވެއެވެ. މިއީ އޭގެ ކުރީގެ އަހަރާ އަޅާބަލާއިރު %10.46 އިތުރު އަދެދެކެވެ. ސިވިލް ކޯޓުގައި 2024 ވަނަ އަހަރު ރަޖިސްޓަރީކުރީ 5،142 ޤަޟިއްޔާ އެވެ. 

ތަފާސްހިސާބުތަކުގައި ވާގޮތުން މިދިޔަ އަހަރު ސިވިލް ކޯޓުން ވަގުތީ އަމުރުތައް ފަދަ މައްސަލަތައް ނުހިމަނާ ޖުމްލަ 6،718 މައްސަލަ ނިންމާފައިވެ އެވެ. އޭގެ ކުރީގެ އަހަރު ނިންމާފައިވަނީ 5،432 މައްސަލަ އެވެ. އެހެންކަމުން، މިއީ 23.68 ޕަސެންޓްގެ އިތުރުވުމެކެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ތެރޭގައި އިޖުރާއީ ނިންމުމާއި އިހުތިސާސްއާ މެދު 126 މައްސަލައެއްގައި ގޮތް ނިންމާފައިވާކަމަށޤވެސް ތަފާސްހިސާބުތަކުން ދައްކައެވެ. 2024 ވަނަ އަހަރުގެ މި އަދަދަކީ 135 އެވެ. 

ދައުވާގެ ތެރެއިން ހުށަހެޅުނު ވަގުތީ އަމުރާއި މެދު މިދިޔަ އަހަރު 166 މައްސަލައެއްގައި ގޮތް ނިންމާފައިވެ އެވެ. އަދި އޭގެ ކުރީގެ އަހަރު އަމުރާ ގުޅޭގޮތުން ނިންމާފައިވަނީ 103 މައްސަލަ އެވެ.

ސިވިލް ކޯޓުގައި ރާއްޖޭގައި އެންމެ ގިނައިން މައްސަލަތަށް ހުށަހަޅާ، އެންމެ ގިނަ ގާޒީން މަސައްކަތްކުރައްވާ ކޯޓެވެ. އެގޮތުން މިހާރު 17 ގާޒީން އެ ކޯޓުގައި މަސައްކަތްކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.