ހިތާދޫގައި ފުލުހުން ގެންދިޔަ ވޮކް އެންޑް ޓޯކްގެ ތެރެއިން-- ފޮޓޯ/ ޕޮލިސް
ހަބަރު
11 Jan 2026 | 12:19
ކުށުން ރައްކާތެރިކޮށް ހޭލުންތެރިކުުވުމަށް ވޯކް އެންޑް ޓޯކް ހަރަކާތެއް ހިތާދޫގައި ކުރިއަށް ގެންގޮސްފި

ކުށްތަކުން ރައްކާތެރިވެ ތިބުމަށް އާއްމުން ހޭލުންތެރިކުރުމުވުގެ މަގުސަދުގެ ދަށުން ބ. ހިތާދޫގައި ފުލުހުން ވޯކް އެންޑް ޓޯކް ގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނި މިމަހުގެ 10 ވަނަ ދުވަހެވެ. 

މި ހަރަކާތުގެ ބޭނުމަކީ ކުށް މަދު އަމާން މުޖުތަމައެއް ބިނާކޮށް ކުށުން ރައްކާތެރިކުރުމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އަދި ފުލުހުންނާއި ރައްޔިތުންނާ ދެމެދު ހަރުދަނާ ގުޅުމެއް ގާއިމުކުރުން ކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުން ބުނީ މި ހަރަކާތުގެ ދަށުން އެ ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވާކަމަށެވެ. އެގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އަދި ފުލުހުންނާ ގުޅިގެން ހައްލުކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް، ރަށުގައި ދެމުންގެންދާ ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުންގެ ހިޔާލު ހޯދައި ގުޅިގެން މަސައްކަތްކުރުމުން ފެންނާނެ ހެޔޮބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށް އަދި ރަށުގައި އާންމުކޮށް ހިނގާ ކުށްތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ. 

މީގެ އިތުރުން، ވައިބަރ ހެކް ކޮށްގެން ދިމާވާ މައްސަލަތަކުގައި އަމަލުކުރާނެ ގޮތްތަކާއި އެފަދަ ކަންކަމުން ރައްކާތެރިކަން ހޯދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައި ވާކަމަށާއި އަދި ކުށްމަދު ކުރުމަށް ދެފަރާތުން ގުޅިގެން ރަށުގައި ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުންނާއި ފުލުހުންގެ ފަރާތުން ރަނގަޅުކުރަން ރައްޔިތުން އެދޭ ކަންކަމާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. 

ކުށުގެ ވެށިން ސަލާމަތްވެފައިވާ، އަމާން މުޖުތަމައެއް ގާއިމްކުރުމަށް ފުލުހުން އަންނަނީ ކެނޑިނޭޅި އެތަކެއް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިކަމުގެ ހެޔޮ ނަތިޖާވެސް އަންނަނީ ފެންނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.