ހިތަދޫ ތަށި އުފުލާލަނީ.. ފޮޓޯ: އިމޭޖަސްއެމްވީ
ކުޅިވަރު
19 Jan 2026 | 16:16
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް؛ އައްޑޫގެ ޗެމްޕިއަންކަން މިފަހަރުވެސް ހިތަދޫއަށް

މިހާރު ކުރިއަށްދާ ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އައްޑޫ ޒޯނުގެ ޗެމްޕިއަންކަން ހިތަދޫ ހޯދައިފިއެވެ.

އައްޑޫ ސަރަހައްދުގެ ޗެމްޕިއަންކަން ހިތަދޫ ހޯދީ ފައިނަލުގައި ވާދަވެރި މަރަދޫއާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް ހިތަދޫ ކާމިޔާބުކުރީ، 5-2 ގެ ނަތީޖާއަކުންނެވެ. ހިތަދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، އަހުމަދު އަމްނު އާއި ހާޒިމް ފައުޒީއެވެ.

މެޗްގައި މަރަދޫއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ސަހާއު އަލީ އާއި ހަސަން އެވެ.

އައްޑޫ ޒޯން ފައިނަލްމެޗްގެ ތެރެއިން.. ފޮޓޯ: އިމޭޖަސްއެމްވީ

މިމެޗްގެ ތަރިއަކަށްވީ ހިތަދޫ ޓީމްގެ އަޙްމަދު އަމްނު އެވެ. އޭނާ ވަނީ މެޗްގައި ހެޓްރިކް ހަދައި، މޮޅު ކުޅުމެއް ދައްކާފައެވެ. މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފައިނަލުގައި ދެ ލަނޑު ކާމިޔާބުކޮށްދިން ފައުޒީ އެވެ. އޭނާ ވަނީ އެންމެގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހަވާލުކުރުން... ފޮޓޯ: އިމޭޖަސްއެމްވީ

މި ޒޯނުގެ މިއަހަރުގެ ޗެމްޕިއަންކަން ހިތަދޫ ގެންދިޔައިރު، އެޓީމް ވަނީ އެންމެފަހުގެ މުބާރާތުގައިވެސް އައްޑޫ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.