ސައުދީ ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުން... ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
19 Jan 2026 | 22:36
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރަސްމީ ދަތުރުފުޅެގައި ސައުދީއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި މިއަދު ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، އެމަނިކްފާނުގެ މި ދަތުރުފުޅަކީ،  ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. 

އެގޮތުން މި ދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުރުން، މެމްބަރުންގެ ހައިސިއްޔަތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު، ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ބައިވެރިވެ ވަޑައިގަންނަވައެވެ.

މެމްބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާ، އަމީން ޢާންމުގެ ނައިބު މުޙައްމަދު ރަޝީދު، ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޒުއްޔިނާ ބަދުރީވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ސައުދީއަށް މިއަދު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jul 2026
ފަހަތުން އަރައި އިނގިރޭސިން ބަލިކޮށް، އާޖެންޓީނާ ފައިނަލަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްޕެއިން އާ ދެކޮޅަށެވެ
15 Jul 2026
ބީއެމްއެލްގެ ސީއީއޯ މިއަދުވެސް ދެއްވީ، 4،000 އެޕާޓްމަންޓްގެ ޔަގީންކަން
ޝަރީފް ވިދާޅުވީ، 4،000 އެޕާޓްމަންޓަކީ ހަމައެކަނި ކަރުދާހުގައި އޮތް އަދަދެއް ނޫން ކަމަށެވެ
15 Jul 2026
ފުލުހުން އިލްތިމާސްކުރީ މެޗުގެ ފޯރީގައި އެހެން މީހުންނަށް އުނދަގޫނުކުރަން
މިރޭ ދަންވަރު 12:00 ކުޅޭ މިމެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، ފުލުހުން ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމުގެ އިތުރުން އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ. މިއީ އެހެން މީހުންނަށް ނުހަނު ބޮޑަށް އުނދަގޫވާނެ ކަންކަންކަން ފުލުހުން ފާހަގަކުރެއެވެ.
15 Jul 2026
ކޯޓުން ބަންދުކޮށްފައިވާ ގެއަކަށް ވަތް ދެ މީހަކު ޑްރަގާއެކު ހައްޔަރު ކޮށްފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ.
15 Jul 2026
އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.
15 Jul 2026
ބީއެމްއެލްގެ ބްރާންޗް ވިއުގަ 55 އަށް: އަލަށް 7 ބްރާންޗެއް ހުޅުވައިފި
ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިއަދު ޚިދުމަތް ދޭން ފެށި ބްރާންޗުތައް ހުންނަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ.
15 Jul 2026
ސެމީ ފައިނަލަށް ރެފްރީއެއް ކަނޑައެޅުން
އާޖެންޓީނާ-އިންގްލެންޑް ސެމީ ފައިނަލް ރެފްރީކުރުމަށް އެމެރިކާގެ އިސްމާއިލް އެލްފަތު ހަމަޖައްސާފައިވާއިރު، މެސީ ބައިވެރިވި މެޗުތަކުގައި އޭނާ ރެފްރީކުރި ކޮންމެ މެޗަކުންވެސް އިންޓަރ މިއާމީ ފުރިހަމަ ޕޮއިންޓް ހޯދާފައިވާކަން ސޯޝަލް މީޑިއާގައި ފާހަގަކުރެވިފައިވެއެވެ.
15 Jul 2026
ޒުވާން ވިޔަފާރިވެރިންނަށް ރަހުނަކާ ނުލައި ލޯނު ދޫކުރާ ސްކީމެއް
ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.