ރައީސް މުޢިއްޒު : ފޮޓޯ/ ރައީސް އޮފީސް
ހަބަރު
21 Jan 2026 | 09:01
ފޯޅަވަހީގެ މައްޗަށް އެންމެ ހައްގުކަން ބޮޑީ ރާއްޖެ: ރައީސް މުޢިއްޒު

ޗާގޮސް އައިލެންޑްސް ނުވަތަ "ފޯޅަވަހި" ގެ ނަމުން މަޝްހޫރުވެފައިވާ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށްވުރެ ހައްގުކަންބޮޑީ ރާއްޖެއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ "އެކްސްޕްރެސް" ނޫހަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ފޯޅަވަހީގެ މައްސަލާގައި ދިވެހި ސަރުކާރުގެ ކަންބޮޑުވުންތަކާއި ރާއްޖޭގެ ދަޢުވާ ރަސްމީ ސިޓީ މެދުވެރިކޮށް އިނގިރޭސި ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ޖިއޮގްރަފީ ގޮތުންނާއި، ތާރީޚީ އަދި ގާނޫނީ ގޮތުން ބެލިޔަސް، އެ ރަށްތަކުގެ މައްޗަށް މޮރިޝަސްއަށްވުރެ ބޮޑު ހައްގެއް އޮތީ ދިވެހިރާއްޖެއަށެވެ.

"ފޯޅަވަހީގެ މިލްކުވެރިކަމަށް އެހެން ކޮންމެ ގައުމަކަށްވުރެ ރާއްޖޭގެ ހައްގު ބޮޑުކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ ތާރީޚީ ހެކިތަކުގެ މައްޗަށް ބިނާކޮށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކަމަށެވެ. އަދި ރާއްޖެއަކީ އިނގިރޭސިވިލާތުގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މޮރިޝަސްގެ ވެރިރަށް ޕޯޓް ލުއިސްއާ ފޯޅަވަހި އޮތީ 1,300 މޭލު ދުރުގައެވެ. ނަމަވެސް ރާއްޖޭގެ ވެރިރަށް މާލެއާ ފޯޅަވަހި އޮތީ އެންމެ 310 މޭލު ދުރުގައެވެ. މީގެ އިތުރުން، ފޯޅަވަހިން ފެނިފައިވާ 900 އަހަރަށްވުރެ ބާދަވެފައިވާ މަހާނަގާތަކުގައި ދިވެހި ބަހުން ލިޔުންތައް ހުރިކަމީ އެތަނާއި ދިވެހިންނާ އޮތް ޒަމާންވީ ގުޅުމުގެ ހެއްކެކެވެ. 16 ވަނަ ގަރުނުގެ ދިވެހި ރަސްކަލެއްގެ ފަތްކޮޅުތަކުންވެސް ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ބާރު ހިނގާކަން އެނގެން އެބައޮތެވެ. މިއީ މޮރިޝަސްގައި އިންސާނުން ވަޒަންވެރިވުމުގެ 100 އަހަރު ކުރިއެވެ.

އިނގިރޭސި ބޮޑުވަޒީރު ކީރް ސްޓާމަރގެ ސަރުކާރުން މޮރިޝަސްއާއެކު އެއްބަސްވެފައިވަނީ، ޗާގޮސްގެ ރަށްތައް މޮރިޝަސްއަށް ދިނުމަށެވެ. ނަމަވެސް ސްޓްރެޓީޖިކް ގޮތުން މުހިންމު ޑިއޭގޯ ގާސިއާ މިލިޓަރީ ބޭސް 99 އަހަރަށް ކުއްޔަށް ހިފުމަށެވެ. މި އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން އަހަރަކު 100 މިލިއަން ޕައުންޑް ކުލީގެ ގޮތުގައި ދައްކަން ޖެހޭއިރު، ޖުމްލަ ޚަރަދު 35 ބިލިއަނާއި 80 ބިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.