ފުވައްމުލައް ސިޓީ ކައުންސިލް އިދާރާ.. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
ހަބަރު
01 Feb 2026 | 17:16
ފުވައްމުލައް ކައުންސިލުން ރެސްޓޯރެންޓަކަށް ވާނުވާނޭނގި ފައިސާތަކެއްދިން މައްސަލައެއް

ފުވައްމުލައްސިޓީ ކައުންސިލުން ރެސްޓޯރެންޓަކަށް ވާނުވާނޭނގި ފައިސާތަކެއްދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ މާލީ އޮޑިޓްގައި ބުނެފައިވަނީ، ކައުންސިލުން އެރަށުގައި ހުންނަ ރެސްޓޯރެންޓަކަށް 47،520 ރުފިޔާ އިތުރަށް ދީފައިވާކަމަށެވެ. ނަމަވެސް އެ ފައިސާ އިތުރަށް ދިން ގޮތެއް އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައެއް ނުވެއެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ އޮޑިޓްގައި ވަނީ  2024 އަހަރުގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 4.3 މިލިއަން ރުފިޔާ ނުލިބި ވާކަމަށެވެ. މި ފައިސާގެ ތެރެއިން 2025 ވަނަ އަހަރު ލިބިފައިވާ 747،714 ރުފިޔާ އުނިކުރުމަށްފަހު 3.6 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ނިޔަލަށް ނުލިބިވާކަމަށް ރިޕޯޓްގައި ވަނީ ފާަހަގަކޮށްފައެވެ. 

އޮޑިޓް ރިޕޯޓްގައި އާއްމުކޮށްފައިވާ މައުލޫމާތުކަށް ބަލާއިރު ނުލިބިވާ ފައިސާގެ ތެރޭގައި އެންމެގިނައިން ހުރީ، ކުއްޔަށް ނަގާފައިވާ ބިންތަކުން ލިބެންޖެހޭ ފައިސާއެވެ. 

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ މީގެ އިތުރުންވެސް ފައިސާގެ އިތުރު މައްސަލަތަކެއް ފާހަގަކޮށްފައެވެ. މީގެ ތެރޭގައި ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ކައުންސިލް އިދާރާއަށް ނަގަންޖެހޭ 83،998 ރުފިޔާ ނެގުމުގެ ފުރުސަތު ގެއްލުމާއި، ޤަވާއިދާހިލާފަށް އެޓެންޑަންސް އެލަވަންސް ދިނުން ހިމެނެއެވެ. 

މީގެ އިތުރުން ޓެލެކޮމިޔުނިކޭޝަންގެ ހިދުމަތްދިނުމަށް ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުންތައް އާކޮށްފައި ނުވުމުން އެ ބިންތަކަށް ކުލި ދައްކަމުން ގޮސްފައިނުވާ މައްސަލަވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.