ރަޝިއާއިން ހަމަލާދީފައިވާ ބަސް-- ފޮޓޯ/ ރޮއިޓާސް
ދުނިޔެ
02 Feb 2026 | 12:16
ރަޝިޔާއިން ޔޫކްރެއިންއަށް ދިން ހަމަލާއެއްގައި 12 މީހުން މަރުވެއްޖެ

ރަޝިޔާއިން ޔޫކްރެއިންއަށް ދިން ޑްރޯން ޙަމަލާއެއްގައި 12 މީހުން މަރުވެ 7 މީހުންނަށް ޒަހަމްވެއްޖެއެވެ.

ރަޝިޔާގެ މި ހަމަލާ އަމާޒުކޮށްފައި ވަނީ ޔޫކްރެއިންގެ ދެކުނު އިރުމަތީ ސަރަޙައްދެއް ކަމަށްވާ ނިޕްރޮޕެޓްރޮވްސްކާގައި އޮތް ބަހެއް ކައިރިއަށެވެ. ޔޫކްރެއިނުން ބުނީ ބަހުގައި ދަތުރުކުރަމުން ދިޔައީ އެ ސަރަޙައްދުގެ މައިންއެއްގައި މަސައްކަތްކުރާ ބައެއް ކަމަށެވެ. އަދި މަރުވި އެންމެންނަކީ ވެސް އެއް ކުންފުންޏެއްގެ މުވައްޒަފުން ކަމަށް އެ ޤައުމުން ބުނެއެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް މި ޙަމަލާ ދީފައި މި ވަނީ ހަކަތައިގެ ދާއިރާއަށް ޙަަމަލާ ދިނުން މަޑުޖައްސައިލުމަށް ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު އެއްބަސްވެފައި ވަނިކޮށެވެ. އަދި ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން ޔޫކްރެއިންއާއި ރަޝިޔާއާައި އެމެރިކާއިން ކުރަމުންދާ މަޝްވަރާތަކުގެ ދެވަނަ ބުރު އަންނަ ހަފްތާގައި އަބޫ ދާބީގައި ބޭއްވުމަށް ހަަމަޖެހިފައިވާ ކަމަށް ޔޫކްރެއިންގެ ރަޢީސް ވޮލޮޑޮމީރު ޒެލެންސްކީ އިޢުލާނުކުރެއްވިތާ ގަޑިއިރުކޮޅެއް ފަހުންނެވެ.

ނިޕްރޮޕެޓްރޮވްސްކަށް ޙަމަލާ ދިނުމުގެ ކުރިން ވެސް ޔޫކްރެއިންގެ ޒަޕޮރީޖާގައި ހުންނަ މާބަނޑު މީހުންގެ ހަސްފަތާލަކަށާއި މީހުން ދިރިއުޅޭ އިމާރާަތަކަށް ވެސް ރަޝިޔާއިން ޙަމަލާ ދީފައިވެއެވެ. އެ ޙަމަލާތަކުގައި ނުވަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.