ކޭޕާކް ފްލެޓް.. ފޮޓޯ: ވޮއިސް
ހަބަރު
02 Feb 2026 | 22:20
ކޭޕާކް މައްސަލާގައި ހަންބޯއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޭންޖެހިއްޖެ

ކޭޕާކް މައްސަލާގައި ހަންބޯގެ މައްޗަށް ސިވިލްކޯޓުން އަނެއްކާވެސް މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ބަދަލެއް ދިނުމަށް ނިޔާކަނޑައަޅައިފިއެވެ.

ސިވިލްކޯޓުން ހަންބޯގެ މައްޗަށް އިއްޔެ ހުކުމް އިއްވާފައިވަނީ ކޭޕާކް އިމާރާތުން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ދެއްކި މީހަކު ސިވިލްކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލާގައި އެމީހާ ކޭޕާކްގެ ބަލަދުވެރިފަރާތް، ހަންބޯ ކުންފުނީގެ މައްޗަށް ދައުވާކޮށްފައިވަނީ، އެޕާޓްމަންޓް ގަތުމަށް ވެފައިވާ އެއްބަސްވުމާ ހިލާފްވުމުންނެވެ.

ދައުވާކުރި ފަރާތުން ހުށަހަޅާފައިވަނީ އެޕާޓްމަންޓް ގަތުމަށް ދެއްކި 4.1 މިލިއަން ރުފިޔާ އާއި އެޕާޓްމަންޓް ހަވާލުނުކޮށް ހުރުމުން ދައުވާކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުފެ ގޮތުގައި 2019 ވަނަ އަހަރުގެ ޖުލައިމަހުގެ 29 ވަނަ ދުވަހުން ފެށިގެން އެޕާޓްމަންޓް ހަވާލުކުރާ ދުވަހާ ހަމަޔަށް ކޮންމެ މަހަކަށް 25،000 ރުފިޔާއެވެ. 

ސިވިލްކޯޓުގެ ގަޒިއްޔާގެ ހުލާސާއަށް ބަލާއިރު، އެޕާޓްމަންޓް ހަވާލުކުރަން އަންގާ ހާލަތުގައި އެޕާޓްމަންޓް ގަތުމަށް ދެއްކިފައިސާ އަނބުރާ ދައްކަން ނުޖެހޭނޭކަމަށް ބަޔާންކޮށްފައިވާއިރު، ކޯޓުން ކުރި ހުކުމުގައި ވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އެދުނު 1.9 މިލިއަން ރުފިޔާ އާއި އެޕާޓްމަންޓް ހަވާލުކުރުމާ ހަމަޔަށް ކޮންމެ މަހަކު 25،000 ރުފިޔާ ދައްކަން ހަންބޯގެ މައްޗަށް އަމުރުކޮށްފައެވެ.

ހަންބޯގެ މައްޗަށް މިފަދަ ބައިވަރު މައްސަލަތައް މިދިޔަ އަހަރުވެސް ނިމިފައި އެބަހުއްޓެވެ. ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކި މައްސަލާގައި ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް 94 ދައުވާ ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާ 397 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.