ގޮނޑި ކަށަވަރު ކުރި ދެ ކެންޑިޑޭޓުން --
ހަބަރު
03 Feb 2026 | 19:29
އޭދަފުށީ ކައުންސިލްގެ ދެ ގޮނޑި ވެސް ޕީއެންސީއަށް ލިބިއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ބ. އޭދަފުށީ ކައުންސިލަށް އިންތިހާބު ކުރާ ފަސް މެންބަރުންގެ ތެރެއިން ސަރުކާރު ހިންގާ ޕީއެންސީން ކުރިމަތިލީ ކެންޑިޑޭޓަކަށް ވޯޓެއް ނެތި ގޮނޑި ކަށަވަރު ވެއްޖެ އެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ހުޅުވާލި ފުރުސަތު ވަނީ ހަމަވެފަ އެވެ. އިންތިހާބުގައި 2،993 ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ.

ނަމަވެސް އިންތިހާބު ކުރަން ޖެހޭ އަދަދަށް ކުރިމަތިލުމުގެ ސަބަބުން އިންތިހާބުގެ ކުރީން ވޯޓެއް ނެތި ބައެއް ކެންޑިޑޭޓުންނަށް ވަނީ ގޮނޑި ކަށަވަރު ވެފަ އެވެ.

އެގޮތުން އޭދަފުށީ ކައުންސިލަށް އިންތިހާބު ކުރާ ފަސް މެންބަރުންގެ ތެރެއިން ސަރުކާރު ހިންގާ ޕީއެންސީން ކުރިމަތިލީ ކެންޑިޑޭޓަކަށް ވޯޓެއް ނެތި ގޮނޑި ވަނީ ކަށަވަރު ވެފަ އެވެ. އެއީ އަންހެނުންނަށް ހާއްސަ ދެ ގޮނޑި އެވެ. އެ ދެ ގޮނޑިއަށް ކުރިމަތިލީ ޒީމާ އިބްރާހީމް އާއި ނާޒްނީން ޔޫސުފް އެވެ. ނަމަވެސް އިތުރު ބަޔަކު ކުރިމަތި ނުލާތީ އެ ދެ ކެންޑިޑޭޓުންނަށް ވަނީ ގޮނޑި ކަށަވަރު ވެފަ އެވެ.

ގޮނޑި ކަށަވަރުކުރި ނާޒްނީން އަކީ ހިނގަމުންދާ ދައުރުވެސް އޭދަފުށީ ކައުންސިލްގެ މެންބަރެކެވެ. ޒީމާ އަކީ އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ އެވެ.

އޭދަފުށީގައި ދެން އޮންނާނީ ކަައުންސިލްގެ ރައީސްގެ މަގާމާއި މެންބަރު ކަމުގެ ދެ މަގާމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން އިންތިހާބު ކުރުމަށް ވޯޓް ނެގުމެވެ.

ކޮމެންޓް
ޤައުމުގެ ހާލަތު
ސަރުކާރުން ދަނީ ވަޒީފާގެ ބިރުދައްކަމުން. އެހެން ކަމުން އިންތިހާބަށް ނަން ހުށަހެޅި ގިނަ ބަޔަކު ވަނީ މިކަމާއި ގުޅިގެން ނަން އަންބުރާ ގެންދިއުމަށް މަޖުބޫރުވެފައިއެވެ.
03 Feb 2026
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ