މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ވާހަކަ ދައްކަވަނީ: ފޮޓޯ/ އިޖުތިމާޢީ ތަރައްގީއާބެހޭ ވުޒާރާ
ހަބަރު
04 Feb 2026 | 13:30
”ފާއިތުވި 10 އަހަރަށްވުރެ ގިނައިން ވަޒީފާގެ ފުރުސަތުތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިކޮށްދެވިއްޖެ“

ފާއިތުވި 2 އަހަރު ކުރެވުނު އެންމެ ބޮޑު އެއް މަސަތްކަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުން ކަމަށާ، އެގޮތުން 360 އަށްވުރެ ގިނަ ފަރާތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެވިފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. 

ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސިބިލިޓީ އިންކުލޫޝަން އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސިބިލިޓީ އިންކުލޫޝަންއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހުރިހާ ސަފެއްގައި ބައިވެރިވުން އިތުރުކޮށް ޝާމިލް މުޖުތަމަޢުއެއް ބިނާ ކުރުމަށް އެޅިގެންދާ ވަރުގަދަ ބިންގަލެއް ކަމަށެވެ. 

ނުކުޅެދުންތެރިކަމަކީ އިންސާނީ ހައްގުތަކާއި، ގައުމުގެ ތަރައްގީއާ ގުޅިފައިވާ މުހިންމު ކަމަކަށް މިއަދު ވަނީ ބަދަލުކުރެވިފައި. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަކީ އަދުގެ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން ކުރަމުންއަންނަ މަސައްކަތެއް. 

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

ވަޒީރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަފަރާތްތަކާއެކު ގާތުން މަސައްކަތްކޮށް،  އެފަރާތްތަކުގެ ހައްގުތައް ކުރިއަރުވައި، ބޭނުންވާ ޚިދުމަތްތަކާއި ފަރުވާ ފޯރުކޮށްދިނުމަށާ، އެފަރާތްތައް އިގްތިޞާދީގޮތުން ބާރުވެރި ކުރުވުމަށް ފުރުސަތުފަހިކޮށްދިނުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

އެގޮތުން މައިމީހާގެ ބަނޑުގައި ދަރިފުޅު ޣަރުބަގަތީއްސުރެ، އެކުއްޖާގެ ކިބާގައި ނުކުޅެދުންތެރިކަމެއް ހުރިތޯ ދެނެގަތުމަށާ، ޅަފަތުގެ ދައުރުން ފެށިގެން ސުކޫލްގެ ދައުރުގަޔާއި، މަތީ ތައުލީމާއި ވަޒީފާގެ މާހައުލަށް ނުކުތުމަށާއި، އަދި އެ ވަޒީފާގައި ދެމިހުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ޚާއްޞަ އިސްކަމެއް ދެވިގެން ފާއިތުވި 2 އަހަރު ކުރެވުނު އެންމެ ބޮޑު އެއް މަސަތްކަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުން ކަމަށެވެ. 

މިގޮތުން މިފަރާތްތަކަށް ވަޒީފާ ކަށަވަރު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ރައީސް މުޢިއްޒުގެ އިސްނެންގެވުމާއެކު މިދައުރުގައި މިހާތަނަށް 367 ފަރާތަކަށް ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާ ހަޖައްސައިދެވިފައިވާކަން އުފަލާއެކު ފާހަގަކުރަން. މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ފޯރުކޮށްދެވިފައުވާ ފުރުސަތުތަކަށްވުރެ އިތުރު އަދަދެއް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ކަމުގެ ތައުލީމާއި ތަޖުރިބާހުރި ފަރާތްތައް މެދުވެރިކޮށް ތަމްރީނުތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ކެއާ ސޮސައިޓީއާއި، ޕޮލިޓެކްގެ އިތުރުން ރިސޯޓްތަކާއި ގުޅިގެންވެސް ގިނަ މަސައްކަތްތަކެއް ކުރެވުފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

އެ ތަމްރީނު ތަކުގެ ސަބަބުން ބައެއް ފަރާތްތަކަށް ދާއިމީ ވަޒީފާ ހަމަޖެހި، އެ ފަރާތްތައް އިްގތިޞާދީގޮތުން ބާރުވެރިކުރުވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.