ފޮޓޯ: އެކްސް
ހަބަރު
04 Feb 2026 | 20:01
މި ފޮޓޯއާއެކު ފަތުރާ ވާހަކަތަކަށް ނިމާލު: އެކަކުވެސް ގަބޫލެއް ނުކުރާނެ

މާލެ ސިޓީގެ މޭޔަރު ކަމަށް މިހާރުގެ މޭޔަރު އާދަމް އާޒިމް ގެންނަން, އެލްޖީއޭގެ ރައީސް މުހައްމަދު ނިމާލް މަސައްކަތް ކުރާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރައްވައިފި އެވެ.

ނިމާލު, އެ ވާހަކަތައް ދޮގުކުރެއްވީ އާޒިމްއާ އޭނާ ސަލާމް ކުރާ މަންޒަރު ފެންނަ ފޮޓޯއަކާއެކު ނިމާލްގެ ތާއީދު މިހާރު އޮތީ އާޒިމަށް ކަމަށް ބުނެ އެކްސް އެކައުންޓަކުން ޕޯސްޓެއް ކުރުމާއި ގުޅިގެންނެވެ.

އެ ޕޯސްޓްގައި ނިމާލް ވިދާޅުވީ އޭނާ ދަންނަ އެކަކުވެސް އެ ވާހަކަތައް ގަބޫލުނުކުރާނެ ކަމަށެވެ. އަދި ޕޯސްޓްކުރި މީހާވެސް އެ ވާހަކަތައް ގަބޫލުނުކުރާނެ ކަމަށެވެ.

"ކޮންސްޕިރަަސީ ތިޔަރީއެއް އަމިއްލަ ހިޔާލަށް ގެނެސް ވަގުތުކޮޅަކަށް ހިތްހަމަޖެހުމެއް ލިބޭނަމަ [ފިތުނަވެެރި ކަމުގެ އުފެއްދުމެއްގެ ހިޔާލާއި ނިޔަތުގައި] އެކަމުގައި ހަމަ ކުރިއަށްދާންވީ,"

ނިމާލް ވިދާޅުވި ގޮތުގައި އެ ފޮޓޯއަކީ އިއްޔެ, ޕީއެންސީގެ ކެންޑިޑޭޓުން ހުޅުމާލޭގައި ބޭއްވި ޑޯޓްޑޯ އިވެންޓެއްގައި މަގުމަތީން ދިމާވެގެން ސަލާމްކޮށްލި ކޮށްލުމެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. 

"މި ޕޯސްޓަށް އަޅުގަނޑު ބުނާނީ މިއީ ހިޔަންޏަށް މުޑި ނެގުމޭ. ނުވަތަ އަވާ މެންދުރަށް ބަލައިގެން ހުވަފެނުގެ ތެރޭގައި ހުރުމޭ," ނިމާލް ވިދާޅުވި އެވެ.

ސާބިތުކޮށް މި ހުރީ ރައީސް މުޢިއްޒާއެކު

ނިމާލް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަކީ އެ ވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ޗޮއިސްކަން 2023 ގައި ގަބޫލުކުރި ކަމަށެވެ. 

"އެ ނިންމުން ނިންމުނީތީވެ މިއަދުވެސް އުފާކުރަން. މި ގައުމުގެ މުސްތަގުބަލަށްޓަކައި ވެސް އެންމެ ރަނގަޅު ޗޮއިސްއަކީ އަދިވެސް ރައީސް މުއިއްޒުކަން އެ މަނިކުފާނު ސާބިތުކޮށްދެއްވަމުން އެ ދަނީ,"

އަދި ވިދާޅުވީ 2028 ވަނަ އަހަރުވެސް އޭނާ ހުންނާނީ ރައީސް މުޢިއްޒުއާއެކު ކަން ރައީސަށާއި ޕާޓީގެ މެންބަރުންގެ އެނގޭނެ ކަމަށެވެ.

"މި ހިތެއް ބަދަލެއް ނުވާނެކަން އޮވަރާއެކުވެސް, މި އަޒުމެއް ކަތިވެގެން ނުދާނެކަން ފެންނަހާ މަންޒަރަކަށްވެސް," ނިމާލްގެ ޕޯސްޓްގައި ވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.