އައްސޭރި ޖަލުގެ ގައިދީންނާއި އޮފިސަރުން ޖަހައިދިން ޑެސްކުތައް.. ފޮޓޯ: ކަރެކްޝަނަލް ސާވިސް
ހަބަރު
08 Feb 2026 | 19:50
ގައިދީންނާއި އޮފިސަރުން މާފުށީ ސްކޫލަށް ޑެސްކްތަކެއް ޖަހައިދީފި

ކ.ހިންމަފުށީގައި ހުންނަ އައްސޭރިޖަލު ބަލަހައްޓާ އޮފިސަރުންނާއި ގައިދީން ވެގެން އެރަށުގައި ހުންނަ ސްކޫލަށް ޑެސްކްތަކެއް ޖަހައިދީފިއެވެ.

މިކަމާ ގުޅޭގޮތުން ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު ވިދާޅުވީ، މިއީ އިޖުތިމާއީ ޒިންމާގެ ދަށުން އެރަށު ސްކޫލަށް އެހީތެރިވެދިނުމުގެ ގޮތުން ޖަހައިދިން ޑެސްކްތަކެއް ކަމަށެވެ. ޖަލު އޮފިސަރުންނާއި ގައިދީން ވަނީ ހިންމަފުށީ ސްކޫލަށް 130 ޑެސްކް ޖަހައިދީފައެވެ.

މިއީ ދެ މަސްދުވަހުގެ މަސައްކަތެވެ. ގަދިދީންނަށް އަމާޒުކޮށް ކަރެކްޝަނުން ތަފާތުއެކިއެކި މަސައްކަތްތައް ދަސްކޮށްދިނުމަށް އެކި ޕްރޮގްރާމްތައް ހިންގައެވެ. ކަރެކްޝަނުން ބުނީ މިފަދަ މަސައްކަތްތަކުން ޤައިދީންގެ ރިހެބިލިޓޭޝަނަށް ހެޔޮ އަސަރުކޮށް، އެފަރާތްތަކުގެ ހުނަރުތައް ތަރައްޤީވެގެން ދާނެ ކަމަށެވެ.

އައްސޭރި ޖަލުގެ ގައިދީންނާއި އޮފިސަރުން ޖަހައިދިން ޑެސްކުތައް.. ފޮޓޯ: ކަރެކްޝަނަލް ސާވިސް

ޖަލުތަކުގައި ހުނަރުވެރި މަސައްކަތްތެރިން ތިބޭއިރު، ކަރެކްޝަނުން ކުރާ ގިނަ މަސައްކަތްތަކުގައި ގައިދީން ބައިވެރިވެއެވެ. އެގޮތުން ކަރެކްޝަނުގެ އައު އިމާރާތް ބިނާކުރުމާއި މިސްކިތް ބިނާކުރުމުގައިވެސް ޖަލު ގައިދީންގެ ބައިވެރިވުން ވަރަށް ބޮޑުކަމަށް ކަރެކްޝަނުން ބުނެއެވެ.

ގަދިދީންގެ ބައިވެރިވުމާއެކު ޖަލުގައި ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރާއިރު، އެ ދަނޑުތަކުގައި ހައްދާ އުފެއްދުންތައް މާލޭ މާރުކޭޓަށް ގެނެސް ވިއްކައެވެ. ގަދިދީން ކުރާ މަސައްކަތްތަކުން އެމީހުންނަށް އުޖޫރަވެސް ލިބޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.