ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް: ފޮަޓޯ/ ރައްޔިތުންގެ މަޖިލިސް
ހަބަރު
11 Feb 2026 | 16:33
މިދިޔަ ސަރުކާރުގައި، މިސްކިތްތަކަށް ގެއްލުންދީގެން ފިޔަވަޅެއް ނާޅާ: ޤާސިމް

އެމްޑީޕީ ސަރުކާރުގައި މިސްކިތްތަކަށް ގެއްލުންދިން ފަރާތްތަކާމެދު ފިޔަވަޅުއަޅާފައި ނުވާ ކަމަށް ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޤާސިމް މިހެން ވިދާޅުވެފައިވަނީ، މިސްކިތަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލަކަށް ހަދަން ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުންނެވެ. މި އިސްލާޙް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ އިސްލާހަށް ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، މިސްކިތްތަކަށް ގެއްލުންދޭ މީހުންނަށް އަދަބު ދިނުމަކީ އާއްމު ގާނޫނޫގެ ތެރެއިން ކުރިންވެސް މިހާރުވެސް ކުރެވެން އޮންނަ ކަމެއް ކަމަށެވެ. އަދި އެކަމަށް ވަކި ޤާނޫނެއް ހަދަން ނުޖެހޭ ކަމަށެވެ. 

ހަގީގަތުގައި ވަކި ގާނޫނެއް ހަދާކަށެއް ނުވެސްޖެހޭ. އާންމު ގާނޫނުތަކުގެ ތެރެއިން އެކަމަށް ބޭނުންވެއްޖިއްޔާ ނުވަތަ ދައުލަތަށް ފެނިވަޑައިގެންފިއްޔާ ނުވަތަ އެކަން ކުރައްވަން ޖެހޭގޮތަށް މިހާރުވެސް އާންމު ގާނޫނުތަކުން ހުރި ކަންތައްތަކެއް އެބަހުރި.


މިއާއެކު ޤާސިމް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައިވެސް މިސްކިތްތަކަށް ގެއްލުންދޭ މައްސަލަތައް ފެންމަތިވި ކަމަށެވެ. އަދި އޭރުވެސް ގާނޫނުގެ ތެރެއިން އެފަރާތްތަކަށް ފިޔަވަޅު އެޅެން އޮތް ކަމަށާ އެހެން ނަމަވެސް އެ ސަރުކާރުން އެކަން ކޮށްފައި ނުވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.  

އެހެންވީމާ އަޅުގަނޑު ދަންނަވާލަން މިއުޅެނީ، އެކަން އެހެން އޮއްވާ، އާންމު ގާނޫނުތަކުގެ ތެރެއިން އެމީހެއްގެ މައްޗަށް ދައުވާކުރެވެން އޮއްވާ އިސްވެދިޔަ ސަރުކާރުގައި، މިސްކިތްތަކަށް އިހާނެތި އަމަލުތަކެއްކުރި މީހުންނަށް އެ އަދަބު ދިންތޯއޭ. އަޅުގަނޑު ދަންނަވަން އޮތީ އެކަން ނުކުރައްވައޭ. އެކަން ކުރައްވާފަ އޮތް ކަން އަޅުގަނޑުމެންނަށް އެނގޭކަށެއް ނެތް

މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް

މިސްކިތްތައް ނޭޅި ލަސްވާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުވިދާޅުވަމުންދާތީ އެކަމަށް ރައްދުދެއްވައި ޤާސިމް ވިދާޅުވީ، މިސްކިތްތައް އެޅޭނީވެސް އަދި މަރާމާތު ކުރެވޭނީވެސް އެކަމަށް ބޭނުންވާ ފައިސާ ހުރެގެން ކަމަށެވެ.

މީގެ އިތުރުން ނިމިދިޔަ ތިން ސަރުކާރުން ދައުލަތް ދަރުވާލާފައިވާ ކަމަށާ، އެކަމުގެ ބުރަ މި ސަރުކާރަށް އުފުލަންޖެހިފައިވާ ކަަމަށެވެ. އެހެންކަމުން، މި ސަރުކާރުން އެކި ގޮތްގޮތުން ފައިސާ ހޯދައިގެން އެ ބޮޑު ދަރަނިން ސަލާމަތްވެވޭތޯ މަސައްކަތް ކުރަމުންދާކަމަށްވެސް ޤާސިމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި