ތުރުކީގެ ޔުނިވަރސިޓީއެއް.. ފޮޓޯ:އެޑްމިޝަން ތުރުކީ
ހަބަރު
14 Feb 2026 | 09:35
ތުރުކިޔޭގައި ދިވެހިންނަށް ހިލޭ މަތީތައުލީމް ހާސިލްކުރުމުގެ ފުރުސަތު

ތުރުކިޔޭ ސަރުކާރުގެ ސްކޮލަރޝިޕް "ތުރުކިޔޭ ބުރުސްލަރީ" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްއަކީ ތުރުކިޔޭ ސަރުކާރުގެ ފުލީ ފަންޑެޑް ސްކޮލަރޝިޕް ތަކެކެވެ މި ސްކޮލަރޝިޕްގައި ބެޗްލަރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ އަށް އެ ކުއްޖަކު ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މި ސްކޮލަރޝިޕްތަކާ ގުޅޭގޮތުން މޯލްޑިވިއަން ސްޓޫޑެންޓް އެސޯސިއޭޝަނުން ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް އެންމެ ފުރަތަމަ ތުރުކިޔޭއަށް އަންނަ ޓިކެޓް އަދި ކޯސް ނިންމާ ގްރެޖްއޭޓް ވެގެންދާއިރުގެ ޓީކެޓް ކަވަރ ކޮށްދޭނެކަމަށެވެ. މީގެ އިތުރުން އެކޮމޮޑޭޝަން، ލިވިންގ އެލަވަންސް، ހެލްތް އިންޝުއަރެންސް އަދި މަންތްލީ ސްޓައިޕެންޑްވެސް ހޮމެނޭ ކަމަށެވެ.

ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ ފުރުޞަތު މި ހިނގާ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ކުރިމަތި ލުމަށް ބޭނުންވާ ދަރިވަރުން އެއްވެސް ކަމެއް ސާފުކޮށްލުމަށް ނުވަތަ އެއްވެސް އެހީއެއް ބޭނުންވާނަ "މޯލްޑިވިއަން ސްޓޫޑެންޓް އެސޯސިއޭޝަން އިން ތުރުކިޔޭ – އެމް.ސެޓް" ގެ ފޭސްބުކް އަދި އިންސްޓަރގްރާމް އަށް މެސެޖް ކޮށްގެން ކުރިޔަށް ގެންދެވޭނެ ކަމަށް އެ ޖަމއިްޔާއިން ބުނެއެވެ.

ތުރުކީއަކީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމް ހާސިލްކުރުމަށް ގޮސް އެބަތިއްބެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.