ބަންގްލަދޭޝް އިންތިޚާބުގެ ކެންޕެއިން ތެރެއިން: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
12 Feb 2026 | 09:08
ހަސީނާގެ ވެރިކަން ވެއްޓުނުފަހުން ބަންގްލަދޭޝްގައި ބާއްވާ ފުރަތަމަ އާއްމު އިންތިޚާބުގެ ވޯޓުލުން ފަށައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަން ވެއްޓުނު ފަހުން އެ ގައުމުގައި ބާއްވާ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

މިއީ 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ތިބެ ކުރި މުޒާހަރާތަކާ ގުޅިގެން ހަސީނާ މަގާމުން ވަކިވެވަޑައިގަތުމަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ.

ބަންގްލަދޭޝްގެ އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު 7:30ގައި ފެށި މި ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:30 އާ ހަމައަށެވެ. މި އިންތިޚާބުގެ ކެމްޕޭން ކުރުން މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ވަނީ ނިންމާލާފައެވެ.

މި އިންތިޚާބުގައި ޖުމްލަ 300 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރާނެއެވެ. ވޯޓުލުން ކުރިއަށްދަނީ 64 ޑިސްޓްރިކްޓެއްގައި ގާއިމުކޮށްފައިވާ 42,761 ވޯޓުލާ މަރުކަޒުގައެވެ.

ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ "ޖާތިޔޯ ޝަންގްސަދު" އެކުލެވިގެންވަނީ ޖުމްލަ 350 ގޮނޑީގެ މައްޗަށެވެ. މީގެ ތެރެއިން 300 ގޮނޑިއަށް މެންބަރުން ހޮވަނީ ރައްޔިތުންގެ ސީދާ ވޯޓުންނެވެ. ބާކީ ހުރި 50 ގޮނޑިއަކީ އަންހެނުންނަށް ޚާއްސަކުރެވިފައިވާ ގޮނޑިތަކެކެވެ. މި ގޮނޑިތައް ބަހާލެވޭނީ އިންތިޚާބުގައި ޕާޓީތަކުން ކާމިޔާބުކުރާ ގޮނޑީގެ ނިސްބަތުންނެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 127.7 މިލިއަނަށްވުރެ ގިނަ މީހުން އެބަތިއްބެވެ. މީގެ ތެރޭގައި ރާއްޖެ ހިމެނޭހެން ބޭރު ގައުމުތަކުގައި މަސައްކަތްކުރާ 15 މިލިއަނެއްހާ ބަންގްލަދޭޝް ރައްޔިތުންނަށް ފުރަތަމަ ފަހަރަށް ޕޯސްޓަލް ވޯޓު މެދުވެރިކޮށް ވޯޓުލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހު ބަންގްލަދޭޝްގައި، ސަރުކާރުގެ ވަޒީފާގެ ކޯޓާ ސިސްޓަމާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާތަކުގައި 1,400 އެއްހާ މީހުން މަރުވެ، 20,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ހަމަނުޖެހުންތަކާ ގުޅިގެން ހަސީނާ އިސްތިއުފާ ދެއްވައި އިންޑިއާއަށް ފިލައިވަޑައިގަތުމުން، ގައުމު ހިންގުމާ ވަގުތީގޮތުން ހަވާލުވެވަޑައިގަތީ ނޯބެލް އިނާމު ހާސިލުކުރައްވާފައިވާ މުހައްމަދު ޔޫނުސްއެވެ.

ޝެއިޚް ހަސީނާގެ މައްޗަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގިކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ ކޯޓަކުން ވަނީ އެކަމަނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެވެ. އަދި އެކަމަނާގެ ޕާޓީ، އަވާމީ ލީގު ވަނީ ސިޔާސީ ހަރަކާތްތަކުން މަނާކޮށްފައެވެ.

މި އިންތިޚާބާ އެކު، ބަންގްލަދޭޝްގެ ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ "ޖުލައި ނޭޝަނަލް ޗާޓަރ 2025" އަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުންވެސް ކުރިއަށްދާނެއެވެ. މި އިންތިޚާބުން ހޮވޭ މަޖިލީހުގައި 151 ގޮނޑި ކާމިޔާބުކުރާ ޕާޓީއަކަށް އަމިއްލައަށް ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ލިބޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.