ބަންގްލަދޭޝްގެ އިންތިޚާބަށްފަހު ކާމިޔާބީ ފާހަގަކުރަނީ-
ދުނިޔެ
13 Feb 2026 | 10:59
ބޮޑު އަޣުލަބިއްޔަތަކުން ބަންގްލަދޭޝްގެ އިންތިޚާބު ބީއެންޕީން ކާމިޔާބުކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަން ޒުވާނުންގެ ވަރުގަދަ އިހުތިޖާޖުތަކަކަށްފަހު ވެއްޓުނު ފަހުން ބޭއްވި ފުރަތަމަ އާންމު އިންތިޚާބު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، 300 ގޮނޑި ހިމެނޭ ގާނޫނު ހަދާ މަޖިލިސް ނުވަތަ 'ޖާތިޔާ ސަންގްސަދު' ގެ 209 ގޮނޑި ކާމިޔާބުކޮށްފައިވަނީ ބީއެންޕީ ހިމެނޭ އިއްތިހާދުންނެވެ. މިއީ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތެކެވެ.

މި އިންތިޚާބަކީ 175 މިލިއަން މީހުންގެ އާބާދީއެއް އޮންނަ، އިސްލާމީ އަޣުލަބިއްޔަތު އޮތް ބަންގްލަދޭޝްގެ ސިޔާސީ ހަމަޖެހުމަށްޓަކައި ނުހަނު މުހިންމު އިންތިޚާބެކެވެ. ޚާއްސަކޮށް، ހަސީނާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ގައުމުގެ އިގްތިސާދަށާއި މުހިންމު ސިނާޢަތްތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މި އިންތިޚާބުގެ ނަތީޖާ މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

ބީއެންޕީގެ ކާމިޔާބީއާ ގުޅިގެން އެ ޕާޓީން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. ނަމަވެސް، އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެއްވެސް ހިނގާލުމެއް ނުވަތަ އެއްވުމެއް ނުބޭއްވުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ ބަދަލުގައި، ގައުމުގެ ސަލާމަތާއި ކުރިއެރުމަށް އެދި ހުކުރު ދުވަހު މިސްކިތްތަކާއި އެހެނިހެން އަޅުކަންކުރާ ތަންތަނުގައި ޚާއްސަ ދުޢާއެއް ކުރުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

ބީއެންޕީގެ ލީޑަރަކީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އާއި ކުރީގެ ރައީސް ޒިޔާއުއްރަޙްމާންގެ ދަރިކަލުން ތާރިގް ރަޙްމާން (60 އަހަރު) އެވެ. ބީއެންޕީން ވެފައިވާ ވައުދުތަކުގެ ތެރޭގައި ފަގީރު އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެކަކަށް ބޮޑުވަޒީރުކަން ކުރެވޭނީ ގިނަވެގެން 10 އަހަރު ކަމަށް ކަނޑައެޅުމާއި، ކޮރަޕްޝަނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުން ހިމެނެއެވެ.

މި އިންތިޚާބުގައި ބީއެންޕީއާ އެންމެ ގާތުން ވާދަކުރި ޖަމާއަތޭ އިސްލާމީ ޕާޓީއަށް ލިބިފައިވަނީ 68 ގޮނޑިއެވެ. އެ ޕާޓީގެ ލީޑަރު ޝަފީގުއްރަޙްމާން ވަނީ ބަލި ގަބޫލުކުރައްވައި، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ގައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ފަހަކަށް އައިސް ޒުވާނުން އިސްވެ ތިބެ ގެނައި އިންގިލާބުތަކަށްފަހު ބޭއްވުނު ފުރަތަމަ އިންތިޚާބެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.