ނައިވާދޫ ޓީމް ތަށި އުފުލާލަނީ... ފޮޓޯ: ރައީސް އޮފީސް
ކުޅިވަރު
15 Feb 2026 | 08:44
ހިތްވަރާއެކު އެނބުރި އައިސް، ނައިވާދޫ ފުޓްސަލްގެ ރަސްކަމަށް

ގއ.ދެއްވަދޫ ބަލިކޮށް އެޗް.ޑީ ހިޔުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް ހދ.ނައިވާދޫ ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދީ، ފައިނަލުގައި ރޭ ކުޅުނުމެޗް 9-3 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ. ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރީ ހޯދީ ދެއްވަދޫ ޓީމުންނެވެ. އެއީ މެޗު ފެށިތާ 15 ވަރަކަށް ސިކުންތުގެ ތެރޭގައި ޤައުމީޓީމުގެ ރާހިލް ރަޝީދު (ރާއްކޮ) ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ދެއްވަދޫއިން ލީޑް ނަގާފައިވަނިކޮށް ނައިވާދޫއިން ވަނީ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ގޯލްތެރެއަށް ފޮނުވާލައި މެޗު އެއްވަރުކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ. މެޗުގައި ފުރަތަމަ ފަހަރަށް ނާވައިދޫ ޓީމަށް ލީޑް ނަގައިދިނީ، އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނައިވާދޫގެ ޔާމިން، އައްމަޑޭ ވަނީ އިތުރު ގޯލްތަކެއް ޖަހައި ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑް ފުޅާކޮށްދީފައެވެ.

ފައިނަލް މެޗްގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

ފަހްހާފްގެ ކުޅުން ފަށައިގެން ދެއްވަދޫ ޓީމުގެ ރާއްކޮ ގޯލެއް ޖަހައި އުއްމީދު އާކޮށްދިން ނަމަވެސް ދެންވެސް ނައިވާދޫ ޓީމް ފެނުނީ ކުރިއަށްވުރެ ވަރުގަދަކޮށެވެ. ނަތީޖާއަކީ ފަހު ހާފްގައި އެޓީމުން ވަނީ 5 ގޯލް ޖަހާފައެވެ. މި ހާފްގައި ދެއްވަދޫގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.

ފައިނަލް މެޗްގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައި ނައިވާދޫ ތަށި ނެގިއިރު، އެޓީމް ވަނީ މިދިޔަ ފަހަރުގެ މުބާރާތުގެ ފައިނަލުގައި ކާށިދޫ އަތުން ބަލިވެފައެވެ. މިފަހަރުގެ މުބާރާތުގައި ނައިވާދޫ ޓީމު ކުޅުނު ހުރިހާ މެޗްތަކަކުންވެސް ފެނިގެން ގޮސްފައިވަނީ މޮޅުވުމުގެ ރޫހެވެ.

ފައިނަލް މެޗް ނިމުމާއެކު ޗެމްޕިއަންޓީމަށް މުބާރާތުގެ ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުހައްމަދު ލަޠީފް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.