ސުވާލާ ޖަވާބު ޕްރޮގްރާމުގެ ތެރެއިން...
ހަބަރު
17 Feb 2026 | 17:52
ރާއްޖޭގެ ސްޕަރމާޓެއްގައި ފުރަތަމަ ފަހަރަށް ދީނީ ސުވާލާއި ޖަވާބު ހިމެނޭ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ކަސްޓަމަރުންނަށް ބައިވެރިވެވޭގޮތަށް ދީނީ ސުވާލާއި ޖަވާބު ހިމެނޭ ޕްރޮގްރާމެއް މަޝްހޫރު އިހްސާން ފިހާރާގައި ކުރިއަށް ގެންގޮސްފިއެވެ.

ސުވާލަކީ ކޮބާ؟ މިނަމުގައި ރަމަޟާން މަހަށް މަރުޚަބާ ކިއުމުގެ ގޮތުން ކަސްޓަމަރުންގެ ހިތުގައި އުފެދޭ ސުވާލުތަކަށްވަގުތުން ޖަވާބު ހޯދައި ދިނުމަށް ކުރިއަށް ގެންދިއަ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އިއްޔެ ވަނީ ހަވީރު 16:00 އިން 17:30 ކުރިއަށެވެ. އިހްސާން ފިހާރައިން ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ މި ހަރަކާތައް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެފިހާރައިން ވަނީ ބުނެފައެވެ.

އިހްސާން ފިހާރައިގެ ޓިކްޓޮކް މެދުވެރިކޮށް ވަގުތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ކުލިއްޔާ އޮފް އަރަބިކް ލޭންގްއޭޖް ޑީން އައްޝައިހް ފައްޔާޒް އަލިމަނިކެވެ. ރަމަޟާން މަހާއި އަޅުކަމާއި ގުޅޭ ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ކަސްޓަމަރުން ވަނީ ސުވާލު ކޮށްފައެވެ.

ޕްރޮގްރާމް ހުށަހަޅަމުން އިހްސާން ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ ފަޔާޒް ޔުސުފް ވިދާޅުވީ، ބުރަކޮށް މަސައްކަތްތަކުގައި އަވަދިނެތި އުޅެމުން ވިޔަފާރި ކުރަން އަންނަ ފަރާތަތްކަށް އެއް އޮނުގައި ދެބުޅި ޖަހަލަން ފުރުސަތެއް ހޯދަދިނީ އިޖްތިމާއީ ކަމެއްގެ ގޮތުގައި އެ ފިހާރައިގެ މެނޭޖްމަންޓްއިން ދެކޭތީ ކަމަށެވެ. ޕްރޮގްރާމް ގައި ސުވާލު ހުށަހެޅި ފަރާތްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ ހާއްސަ ހަދިޔާއެއް ވެސް ހުށަހަޅާފައެވެ.

ރާއްޖޭގެ ސްޕަރމާޓަކުން މިއަހަރުގެ ރޯދަމަހަށް އަމާޒުކޮށް ހިންގާ އެންމެ ގިނަ އިނާމް ލިބޭ ޕްރޮމޯޝަން އިހްސާން ފިހާރައިން ކުރިއަށް ގެންދާއިރު ވަރަށް ގިނަ އަދަދެއްގެ އާމުންދަނީ އެފިހާރައިން ކޮންމެ ދުވަހަކުވެސް ވިޔަފާރި ކުރަމުންނެވެ. ދީނީ އިލްމުވެރިއެއް މެދުވެރިކޮށް ވަގުތުން ސުވާލާއި ޖަވާބު ލިބޭ ގޮތަށް ފިހާރައެއްގެ ތެރޭގައި އާންމުންނަށް ފުރުސަތުދީގެން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، މިއީ މިފަދަ ހަރަކާތެއް ރާއްޖޭގައި ހިންގި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް