މީހަކު ސަލާން ޖަހަނީ-- ފޮޓޯ/ މިހާރު
ހަބަރު
24 Feb 2026 | 12:36
ފަޤީރުންނަށް ދޭ މާލީ އެހީގެ ގޮތުގައި މިދިޔަ މަހު 15 މިލިއަނަށްވުރެ ގިނަ ރުފިޔާ

މި އަހަރުގެ ޖަނަވަރީ މަހު ފަޤީރުންނަށް ދޭ މާލީ އެހީގެ ގޮތުގައި ޖުމުލަ 15,363,340 ރުފިޔާ ހޭދަކޮށްފައިވާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއިން އާއްމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އެ ހިސާބުތަކަށް ބަލާއިރު ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި 700 ފަރާތަކަށް 25،840 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. 

މިދިޔަ މަހު އެންމެ ބޮޑު އަދަދެއްގެ ފައިސާ ހަރަދުކޮށްފައި ވަނީ ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ގޮތުގައެވެ. އެގޮތުން، އަލަށް ރަޖިސްޓަރ ކުރެވުނު 99 މައިން/ބަފައިން ހިމެނޭނެހެން ޖުމުލަ 2974 ފަރާތަކަށާއި، އަލަށް ރަޖިސްޓަރ ކުރެވުނު 191 ކުޑަކުދިން ހިމެނޭނެހެން، ޖުމުލަ 3066 ކުޑަކުދިންނަށް 15،150،000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފައިވެއެވެ. 

މީގެ އިތުރުން، ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަަކު ބަލަހައްޓާ ކުދިންނަށާއި، އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ މާލީ އެހީގެ ގޮތުގައިވެސް މިދިޔަ މަހު 101 ބެލެނިވެރިންނާއި، 137 ކުޑަކުދިންނަށް ޖުމުލަ 187،500 ރުފިޔާ ސަރުކާރުން ވަނީ ހޭދަކޮށްފައެވެ. 

ކޮންމެ މަހަކުވެސް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް އިޖުތިމާޢީ ރައްކާތެރިކަމުގެ އެކި ސްކީމްތަކަށް ކުރެވެއެވެ. މީގެ ތެރޭގައި އެކަނިވެރި މައިންނާއި ބަަފައިންނަށްދޭ އެހީއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އެހީގެ އިތުރުން، ކާބޯތަކެތީގެ ސަބްސިޑީ ފަދަ އެހީތައް ހިމެނެއެވެ. މި އެހީތަކަކީ މުޖުތަމަޢުގައި ތިބި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، އަސާސީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.